ޕްރިމިއާ ލީގް

ޓޫހުލްގެ ފުރަތަމަ ބަލި، ސިޓީއަށް ބޮޑު ލީޑެއް

ޗެލްސީގެ ކޯޗް ކަމާ ހަވާލުވެ، ތޯމަސް ޓޫހުލް ބަލި ނުވެ ދަމަހައްޓަމުން އައި ރޭހަށް ވެސްޓް ބްރޯމްއިން ނިމުން ގެނެސްފި އެވެ. ވެސްޓްބްރޯއިން ޗެލްސީ ބަލި ކުރީ 5-2 ންނެވެ.

ލެސްޓާ ސިޓީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މެންޗެސްޓާ ސިޓީން ވަނީ ލީގް ޗެމްޕިއަންކަމާ އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލާފަ އެވެ.

ޓޫހުލްގެ ފުރަތަމަ ބައްޔަކީ، ޗެލްސީއަށް އޮތް އިންޒާރެކެވެ. ހަމައެޔާއެކު އެ މޮޅަކީ ރެލިގޭޓް ނުވެ ސަލާމަތް ވުމަށް ވެސްޓްބްރޯމްއަށް ލިބުނު އުންމީދެކެެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ޗެލްސީންނެވެ. އެ ޓީމުގެ ލަނޑު 27 މިނެޓްގައި ކާމިޔާބު ކުރީ ކްރިސްޓިއަން ޕްލުސިޗެވެ. އޭގެ ދެ މިނެޓް ފަހުން ޗެލްސީގެ ޓީމަށް މައްސަލަ ކުރިމަތިވީ ދެ ވަނަ ރީނދޫ ކާޑާއެކު ޑިފެންޑަރު ތިއާގޯ ސިލްވާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ޓޫހުލް ބުނީ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން، އެކަމަށް ޗެލްސީގެ ޓީމަށް އެޑޮޕްޓް ނުވެވުނީ ކަމަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައިި ފިލިޕޭ މެތިއުސް ޕެރޭރާ ވަނީ ދެ ލަނޑު ކާމިޔާބުކޮށް ވެސްޓްހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީ ލީޑް ވެސް ނަގާފަ އެވެ. ދެ ވަނަ ހާފުގައި ކެލުމް ރޮބިންސަން ވެސް ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ އެމްބައި ޑައީން އެވެ. ޗެލްސީގެ އަނެއް ލަނޑު ކާމިޔާބު ކުރީ މޭސަން މައުން އެވެ.

ޗެލްސީއަށް ކުރިމަތިވި ބަލި އިންޒާރަކަށްވީ، ގަދަ ހަތަރެއްގެ މަގާމު އެ ޓީމަށް ގެއްލިދާނެ ކަމުގެ ބިރު ކުރިމަތި ވުމުންނެވެ. އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗު 3-0 ން ކާމިޔާބު ކޮށް ލިވަޕޫލުން ވަނީ ޗެލްސީއާ ދެ ޕޮއިންޓް ކައިރިއަށް ޖެހިލާފަ އެވެ. އާސެނަލް އާ ދެކޮޅަށް ލިވަޕޫލް ލަނޑުތައް ކާމިޔާބު ކުރީ ޑިއޭގޯ ޖޯޓާ އާއި މުހައްމަދު ސަލާހް އެވެ. ޖޯޓާ ވަނީ ދެ ލަނޑު ޖހާފަ އެވެ.

ލެސްޓާ ސިޓީ އަތުން މޮޅުވެ ސިޓީ ވަނީ 17 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް ދެ ވަނަ ހާފުގައިި ކާމިޔާބު ކުރީ ޑިފެންޑަރު ބެންޖަމިން މެންޑީ އާއި ގެބްރިއަލް ޖެސޫސް އެވެ.