ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރ. މަޑުއްވަރި

މަޑޫއްވަރީގެ މޮނިޓަރިން އުވާލައިފި

ކޮވިޑް-19 އިގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ބަންދުކުރި ރ. މަޑުއްވަރީގެ މޮނީޓަރިން އުވާލައިފި އެވެ.

ރ. އުނގޫފާރުގައި އުފެދުނު ކޮވިޑް ކްލަސްޓާ އާއި ގުޅުންހުރި މީހަކު މަޑުއްވަރީން ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިން އަށް ލާފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ރަށުން ޕޮޒިޓިވްވީ ދެ މީހުންނެވެ.

އެޗްޕީއޭން ބުނީ އެރަށުގައި ބަލަންޖެހޭ ކަންކަން ބެލި އިރު މޮނީޓަރިންގެ ހާލަތު އެ ރަށުގައި ދަމަހައްޓަން ޖެހޭ އިތުރު ސަބަބެއް މިހާރު ނެތް ކަމަށެވެ.

މަޑުއްވަރީ އާންމު ހާލަތަށް ގެނައި އިރު އުނގޫފާރު ވެސް މިހާރު ވަނީ އާންމު ހާލަތުގަ އެވެ. ނަމަވެސް މި ކްލަސްޓާ އާއި ގުޅުންހުރި ކޭސްތައް ފެނުނު ބައެއް ރަށްތަކުގައި އަދިވެސް ދަނީ ކޮވިޑްގެ ބަލިމަޑުކަން އެބައޮތެވެ.