ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 22 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 22 އަށް ތިރި ވެއްޖެ އެވެ.

އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އައިސް އިތުރުވުމަށް ފަހު އަނެއްކާވެސް ވަނީ ދައްވާން ފަށާފަ އެވެ. އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށްރަށުގެ ގޮތުގައި އަދިވެސް އޮތީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު ހަ ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރު ކޮށްފަ އެވެ. އެއީ ލ. ގަމާއި ނ. ހޮޅުދޫ އާއި މ. މުލަކާއި ކ. ގުރައިދޫ އާއި މ. ދިއްގަރު އަދި ނ. މިލަދޫ އެވެ.

މިމަހުގެ މިހާތަނަށް ބަންދުކޮށްފައި ވަނީ 11 ރަށެކެވެ. އެއީ މ. މުއްޔާއި ތ. ތިމަރަފުއްޓާއި ރ. މަޑުއްވަރީ އަދި އެ އަތޮޅު މީދޫ އާއި އިންނަމާދޫ އާއި ގއ. ކަނޑުހުޅުދޫ އާއި ރ. އަލިފުއްޓާއި ފ. ބިލަތްދޫ އާއި ގދ. ފަރެސްމާތޮޑާ އާއި ނ. ކުޑަފަރީ އާއި ނ. ވެލިދޫ އެވެ.

ރާއްޖެއިން އިއްޔެ 124 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 91 އެވެ.