ކުޅިވަރު

34 އަހަރުތެރޭ ސޮސިއެޑާޑްގެ ފުރަތަމަ ތަށި

އެތުލެޓިކް ކުލަބު ބިލްބާއޯ މައްޗަށް 1-0 ކާމިޔާބު ހޯދައި ސުޕެނިޝް ކަޕްގެ ޗެމްޕިއަންކަން ރެއާލް ސޮސިއެޑާޑުން ހޯދައިފި އެވެ.

މިދިޔަ ސީޒަންގެ ސުޕެނިޝް ކަޕް ފައިނަލުގެ ގޮތުގައި ކުޅުނު ފައިނަލުގައި މެޗުގެ ހަމައެކަނި ލަނޑު ކެޕްޓަން މިކެލް އޮޔާޒަބަލް ސޮސިއެޑާޑަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުންނެވެ. ބެސްކިއު ކަންޓްރީގެ ވާދަވެރި ކުލަބާ ދެކޮޅަށް ސޮސިއެޑާޑް ހޯދި ތައްޓަކީ 34 އަހަރު ތެރޭ އެ ޓީމުން ހޯދި ފުރަތަމަ ތައްޓެވެ. އެޓީމުން މީގެ ކުރިން ތައްޓެއް ހޯދީ 1987 ވަނަ އަހަރު ހޯދި ސުޕެނިޝް ކަޕް ކާމިޔާބު ކޮށްގެންނެވެ.

މިދިޔަ ސީޒަންގައި ކުޅެން އޮތް ފައިނަލު މެޗު އެއް އަހަރަށް ފަސް ވެގެން ދިޔައީ ކޮވިޑް-19 އާ ގުޅިގެން އެ މެޗު ކުޅޭނެ ދަނޑިވަޅެއް ސުޕެއިންގެ ފެޑެރޭޝަނަށް ނުހޯދުމުންނެވެ.