ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއް މަހަށް އިތުރުކޮށްފި

Apr 4, 2021
2

ކޮވިޑް 19އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއް މަހަށް އިތުރުކޮށްފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު އެވެ.

ހެލްތު މިނިސްޓަރު މިއަދު ނެރުއްވި ގަރާރުގައި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ގަރާރުގައި ބުނެފައިވަނީ ކޮވިޑް 19ގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި އެހެންކަމުން އާންމު ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް ލަފާ ދެއްވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހެލްތު މިނިސްޓަރު އިއުލާންކުރެއްވުމާ އެކު ހާލަތަށް ބަލައިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ގެންދަވަނީ އަޅުއްވަމުންނެވެ.

ކޮވިޑާއި ގުޅިގެން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ގޮތުން ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އެޗްޕީއޭ އަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.