ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފެލިވަރު

ކޮވިޑް: ފެލިވަރުގެ ޕޮޒިޓިވް ނަންބަރު 347 އަށް

އަތޮޅުތެރޭގައި ޕޮޒިޓިވް ކޭސް އެންމެ ގިނަ ފެލިވަރުން މިހާތަނަށް 347 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބުނީ ފެލިވަރުން މިހާތަނަށް ޕޮޒިޓިވްވި 347 ކޭސްއާ ގުޅިގެން 550 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ރަށުން 650 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ފެލިވަރަކީ އަތޮޅުތެރޭގައި މިވަގުތު އެންމެ ޕޮޒިޓިވް ކޭސްތައް ގިނަ ރަށެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މިފްކޯ އިން ހިންގާ މަސްފެކްޓްރީ ހުންނަ ފެލިވަރުން ގިނަ ބަޔަކު ޕޮޒިޓިވްވީ ނަމަވެސް މިފްކޯގެ އުފެއްދުންތައް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. މި ދުވަސްވަރު އަތޮޅުތެރޭގެ ރަށްރަށުގައި ގިނަ އަދަަދަކަށް ޕޮޒިޓިވް ކޭސްތައް ވަނީ އިތުރުވެފައެވެ.