މިހާރު އޮތް ސަރުކާރަކީ ނިދިފައި އޮތް ސަރުކާރެއް ކަމަށް ސިފަ ކުރައްވާ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ކުރެއްވީ ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހިދުމަތުގައި އެތަށް އަހަރެއް ހޭދަކުރެވިފައިވާއިރު މިހާރު މި އޮތް ސަރުކާރުހާ އަޑެއް ނެތް ހަރަކާތްތެރިކަން ކުޑަ ސަރުކާރެއް ދެކެވަޑައިނުގަންނަވާ ކަަމަށެވެ. އެކަން އެެހެން ވެގެން ދިޔައީ ރައްޔިތުންނަށް ވީ ވައުދުތަކާއި ކުރަން ހަވާލުވި މަަސައްކަތް ނުކުރެވި މުޅީން ފެއިލް ވުމުން ކަމަށްވެސް ވިދާޅުވިއެވެ.
"ބައެއް އޮފީސް އޮފީސް އެއީ އޮންނަތަކެއް ކަމެއްވެސް ނޭންގޭ. ބައެއް ތަންތަން މި އޮންނަނީ ނިދާފައި. އެއީކީ ނޫން ދެއްތޯ މިހާތަނަށް ރާއްޖޭގައި އެކިއެކި ސަރުކާރުތައް ހިނގާފައިވާ ގޮތަކީ. އެއްވެސް އިރެެއްގައި އަޅުގަނޑު ނުދެކެން މިހާ ބޮޑަށް އަޑެއް ބަޑެއް ނީއްވޭ މިހާ ބޮޑަށް ނިދިފައި އޮތް ސަރުކާރެއް އޮތް ދުވަހެއް އަޅުގަނޑުގެ ތަޖުރިބާއިން އަދި އުމުރުންވެސް ފެނިފައެއް ނެތް،" ރައީސް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ޑިމޮކްރަސީގެ ފޮނި މީރުކަން ހޯދަން ރައްޔިތުން ފެށި ދަތުރުގައި ނުބައި އަމާޒަކަށް ދެވިފައިވާ ކަމަށެވެ. ސަރުކާރު ހިންގާ ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ދިނުމުގެ ހިތްދަތިކަން މިއަދު ތަޖުރިބާ ކުރަން ޖެހިފައިވާ ކަމަށެވެ. ވަހީދު ސިފަ ކުރެއްވި ގޮތުގައި ވެރިކަން ކުރާ އެމްޑީޕީން ވަނީ ހުރިހާ ބާރެއް އެ ޕާޓީގެ މުށުތެރެއަށް "ކަހާލާ" ފައެވެ.
އަދި މިހާރު ޖުޑީޝަރީވެސް އޮތީ ސަރުކާރާއި މަޖިލީހުގެ ނުފޫޒުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
"ޑިމޮކްރަސީގެ މި ދަތުރު މިހާ ހަމައަށް އައިއިރުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ވެރިކަން ކުރާ ޕާޓީގެ އަތަށް ހުރިހާ ބާރުތަކެއް ކަހާލިތަން. އޭރުގައި އަޅުގަނޑުމެން މަސައްކަތް ކުރީ ތިން ބާރު ވަކިކުރުމަށް. އެއީ ހަމަ އެ ބޭފުޅުންވެސް ދެއްކެވި ވާހަކަ. ނަމަވެސް މިއަދު މި ތިންބާރު މި އޮތީ ކަހާލެވިފައި. ތަފާތެއް އުޅެންޏާ މި އުޅެނީ ޕާޓީތެރޭގައި. ވެރިކަން ކުރާ ޕާޓީގެ ތެރޭގައި. އެހެން ބަޔަކަށް ފުރުސަތެއް ނެތް. އެހާލަތަށް މިއޮތީ ގޮސްފައި،"
ބައެއް އޮފީސް އޮފީސް އެއީ އޮންނަތަކެއް ކަމެއްވެސް ނޭންގޭ. ބައެއް ތަންތަން މި އޮންނަނީ ނިދާފައި. އެއީކީ ނޫން ދެއްތޯ މިހާތަނަށް ރާއްޖޭގައި އެކިއެކި ސަރުކާރުތައް ހިނގާފައިވާ ގޮތަކީ. އެއްވެސް އިރެެއްގައި އަޅުގަނޑު ނުދެކެން މިހާ ބޮޑަށް އަޑެއް ބަޑެއް ނީއްވޭ މިހާ ބޮޑަށް ނިދިފައި އޮތް ސަރުކާރެއް އޮތް ދުވަހެއް އަޅުގަނޑުގެ ތަޖުރިބާއިން އަދި އުމުރުންވެސް ފެނިފައެއް ނެތްޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު
ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއް ނަމަވެސް އަމަލު އެކަން ނުފެންނަ ކަމަށެވެ. އަދި ޑިމޮކްރަސީ އަލުން އިއާދަކޮށް ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއް ހޯދަން ރައްޔިތުން ތެދުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަމަށް ރައްޔިތުންނަށް ދެން އޮތީ އެންމެ ފަހު ފުރުސަތު ކަމަށާ ކައުންސިލް އިންތިހާބަކީ ޑިމޮކްރަސީގެ ސަލާމަތަށް ރައްޔިތުންނަށް ލިބޭނެ އެންމެ ފަހުގެ އަދި އެންމެ މުހިންމު ފުރުސަތު ކަމަށް ވަހީދު ވިދާޅުވިއެވެ.
އެެހެންވީމަ ކައުންސިލް އިންތިހާބަކީ އާދައިގެ އިންތިހާބެއްގެ ގޮތުގައި ނުނަންގަވާ ވަރަށް ސީރިއަސްކޮށް ގޮތް ނިންމުމަށް ވަހީދު ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
"މިއަދު ތިން ބާރު ވަކިކުރުމުގެ ވާހަކައަކީ މާބޮޑު މާނައެއް އޮތް ކަމަކަށް މިއަދު ނުވޭ. މިކަން އެބަޖެހޭ ހުއްޓުވަން. ޑިމޮކްރަސީ އިއާދަކުރުމަށްޓަކައި ދެންވެސް ރައްޔިތުންނަށް ކުރެވޭނެ ހުރިހާ ކަމެއް އެބަޖެހޭ ކުރަން. ކުރިއަށް މިއޮތް އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް މި ސަބަބަށްޓަކައި. މިއީ ރައްޔިތުންނަށް އޮތް އެންމެ ފަހު ޗާންސް. ރައްޔިތުންނަށް ބުނަން ޖެހޭ ދެން ހެވޭ. ރައްޔިތުންގެ ބާރުތައް އެއްބައެއްގެ މައްޗަށް ކަހާލީމަ ފެންނަ އެއްޗެއް ތިމަންނަ މެންނަށް ފެނިއްޖޭ. އެއަކުން ނިކުތް ނަތީޖާއެއް ނެތޭ،"
ސަރުކާރަށް ދެން ރައްޔިތަކަށް ކޮށްދެވޭނެ ކަމެއް ނެތްކަން ވެރިކަން ކުރާ މައި ޕާޓީތެރޭން އިވެެމުންދާ ވާހަކަތަކުން ޔަގީންވާ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ ވެރިކަން އައީ އަދި ވެރިކަމުގެ އެންމެ ކުރީކޮޅު ކުރެއްވި ކަމަކީ ރައީސް ޔާމީނާއި އެމަނިކުފާނާއެކު ތިއްބެވި އިސް ބޭފުޅުންނަށް ވައްކަމުގެ ތުހުމަތުކޮށް އެކި ވާހަކަތައް ދެއްކުން ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހި މިއަދު ސަރުކާރުގެ ތެރެއިން އިވެނީ އެއް ބަޔަކު އަނެއް ބަޔަކަށް އެފަދަ ތުހުމަތުތައް ކުރައްވާ އަޑު ކަމަށް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލި ރައްޔިތުން ވަރަށް ބޮޑަށް ފޫހިވެފައިވާ ކަމަށް ވިދާޅުވިއެވެ. އިއްޔެ އިދިކޮޅު ކޯލިޝަންގެ ލީޑަރާޝިޕުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ކުރިއަށް ގެންދިޔައިރު ސަރުކާރަށް ތާއީދު ކުރާ އެއްވެސް ރައްޔިތަކާ ދިމާވެފައި ނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
"ރައްޔިތުން މިތިބީ މި ސަރުކާރު މަތިން މުޅީން ފޫހިވެފައި. މި ސަރުކާރަކަށް ދެން ކޮށްދެވޭނެ އެއްވެސް ކަމެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމަ މިހާހިސާބުންވެސް ރައްޔިތުންވެއްޖެ ކަންކަން ކުރެވޭނެ ބަޔަކަށް މިކަންކަން ހަވާލުކުރަން،"
މިއަދު ތިން ބާރު ވަކިކުރުމުގެ ވާހަކައަކީ މާބޮޑު މާނައެއް އޮތް ކަމަކަށް މިއަދު ނުވޭ. މިކަން އެބަޖެހޭ ހުއްޓުވަން. ޑިމޮކްރަސީ އިއާދަކުރުމަށްޓަކައި ދެންވެސް ރައްޔިތުންނަށް ކުރެވޭނެ ހުރިހާ ކަމެއް އެބަޖެހޭ ކުރަން. ކުރިއަށް މިއޮތް އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް މި ސަބަބަށްޓަކައި. މިއީ ރައްޔިތުންނަށް އޮތް އެންމެ ފަހު ޗާންސް. ރައްޔިތުންނަށް ބުނަން ޖެހޭ ދެން ހެވޭ. ރައްޔިތުންގެ ބާރުތައް އެއްބައެއްގެ މައްޗަށް ކަހާލީމަ ފެންނަ އެއްޗެއް ތިމަންނަ މެންނަށް ފެނިއްޖޭ. އެއަކުން ނިކުތް ނަތީޖާއެއް ނެތޭޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު
ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ރައީސް ވަހީދު ވިދާޅުވީ މުޅި ރާއްޖެ މިހާ ދަތި ދުވަސްތަކެއް ނުދެކޭ ކަމަށެވެ. މާލޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާ މަގުތައް މިހާ ބޮޑަށް ގޮނޑުވެ މުޑުދާރުވެފައިވާ ދުވަސްވަރެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ މާލޭގެ މަގުތަކަށް ނިކުތަސް ދިރިއުޅެން އުނދަގޫ ހާލަތްތަކެއް. މަގުމަތީގައި ހިނގާ ބިނގާވެ އުޅެވޭ ވަރަށްވުރެ މަގުމަތީގެ ހާލަތު ވަނީ ގޯސްވެފައި. މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. މާލޭގެ ސާފުތާހިރުކަން މިވެސް ދުވަހަކުވެސް އަޅުގަނޑުމެން ނުދެކޭހާ މުޑުދާރުކޮށް މި އޮންނަނީ،" ރައީސް ވަހީދު ވިދާޅުވިއެވެ. "އަތޮޅުތެރެއަށް ބަލާއިރު ރަށްރަށުގައި މިއިން ޒަމާނަކު ނޭންގޭ ޒުވާނަކަށް ގޯއްޗެއް ލިބުނީ. އެކަމަކު ކޮންމެ ސަރުކާރަކުންވެސް ގޯތިކަނޑާ ވާހަކަވެސް ދައްކާ. ރަށްރަށް ސާފުކުރުމާއި ރަށްރަށުގެ ބިންތައް އެކިއެކި މުހިންމު މަޝްރޫއުތަކަށް ކަނޑައެޅުމާއި މިހެން ކުރަން ޖެހޭ ކިތަންމެ ކަމެއް ނުކުރެވޭ. ރަށުގެ ޑިވެލޮޕްމަންޓް ޕްލޭނެއް ފާހެއް ނުވޭ. ހަމަ އެ އޮތްގޮތަށް މި އޮންނަނީ،"