ރޯދަ މަސް

ހަނދު ސާބިތުކުރުން އާދީއްތަ ދުވަހުގެ ރޭ

ރޯދަ މަހުގެ ހަނދު ސާބިތު ކުރުމާބެހޭ ގޮތުން ބާއްވާ ބައްދަލުވުން އަންނަ އާދީއްްތަ ދުވަހުގެރޭ ބާއްވަން ނިންމައިފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާ ކުރަން ހަމަޖައްސާފައި ވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރި މަތީގަ އެވެ.

ޑީޖޭއޭ އިން ބުނި ގޮތުގައި ހަނދު ފެނިގެން ހެކިބަސް އަދާ ކުރަން ބޭނުންވާނަމަ، ރަށްރަށުން ރަަށެއްގެ މެޖިސްޓްރޭޓު ކޯޓުން އަންގާފައިވާ ގޮތަށް އަަމަލުކޮށް ހެކިބަސްދޭނީ އެވެ. މާލޭގައި ނަމަ، ޑީޖޭއަށް ގުޅުމަށްފަހު ގާޒީއެއްގެ ކުރިމަތީގަ އެވެ.

ކަލަންޑަރު ބުނާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 13 ވަނަ ދުވަހު އެވެ.