އެމްޑީޕީ

ނައިބުގެ ރައީސް އިތުބާރު ނެތްކަމުގެ ވޯޓްގައި އެމްޑީޕީން ބައިވެރި ނުވާން ނިންމައިފި

Nov 4, 2015
2

ހައްޔަރުކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓްގައި ބައިވެރި ނުވާން އެމްޑީޕީން ނިންމައިފި އެވެ. މަ

އެ ޕާޓީން މިގޮތަށް ނިންމީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން މިއަދު މެންދުރު ފަހު ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު އެވެ.

އެމްޑީޕީން މިގޮތަށް ނިންމި އިރު ނައިބު ރައީސް އަދީބުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީ ގުޅީގެން ވައްދާފައި ވަނީ 52 މެންބަރުންގެ ސޮޔާއެކު އެވެ. އަދި މިމައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ އިދާރާއިން ވަނީ ނައިބު ރައީސަށް 14 ދުވަހުގެ ނޯޓިސް ދީފައެވެ. އަދި މިއަދު ކުއްލި ހާލަތު އިއުލާނު ކުރި އިރު އައި ބަދަލާއެކު އެ މުއްދަތު ވަނީ 7 ދުވަހަށް ކުރުވެފައެވެ.

ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓް ކާމިޔާބު ކުރަން ބޭނުންވަނީ 57 މެންބަރުންނެވެ.