ދުނިޔެ

ކެޕިޓަލް ހިލް އިމާރާތުގެ ސެކިޔުރިޓީ ވަރުގަދަކުރަން އެދެފި

ކެޕިޓަލް ހިލް އިމާރާތުގެ ސެކިޔުރިޓީ ވަރުގަދަކޮށް ދޭން އެދި ކެޕިޓަލް ޕޮލިސް ޔޫނިއަންއިން ކޮންގްރެސްއަށް ހުށަހަޅައިފި އެވެ. ޗެއާމަން ގަސް ޕަޕަތަނާސިއޯ ވިދާޅުވީ މިއަހަރު ޖެނުއަރީ ހައެއްގައި ކެޕިޓަލް ހިލްގައި ހިނގި ހާދިސާއަށް ފަހު ސެކިޔުރިޓީންނަށް ދެމުން އަންނަ ހަމަލާތައް އިތުރުވެފައިވާ ކަމަށެވެ.

ޗެއާމަން މިހެން ވިދާޅުވީ މިމަހު ދެވަނަ ދުވަހު ކެޕިޓަލް ސެކިޔުރިޓީއަށް ހަމަލާދީ ފުލުހަކު މަރާލުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ފޯރިމަރަން އެކަށިގެންވާ އަދަދަށް އޮފިސަރުން ނެތް ކަމަށާއި މިހާރު ވެސް ތިބި އޮފިސަރުން ވެސް މާ ދޮށިވެއްޖެ ކަމަށެވެ. އަދި ކެޕިޓަލް ސެކިޔުރިޓީ ބަލަހައްޓަން ބޭނުންވާ އަދަދަށް ފުލުން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑިއުޓީގައި ދިމާވާ ހަމަނުޖެހުންތަކުގައި އޮފިސަރުންނަށް އަނިޔާ ކުރުން ގިނަވަމުން އަންނަކަން ފާހަގަ ކުރައްވައި ޗެއާމަން ވިދާޅުވީ މިދާދުވަހު މަރުވީ ވަރަށް ޒުވާން ފުލުހެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން މި އަހަރު އެކަނި ވެސް ތިން އޮފިސަރަކު މަރުވެފައި ވެއެވެ.

ކުރީގެ ރައީސް ޓްރަމްޕްއަށް ސަޕޯޓްކުރާ ބަޔަކު ޖެނުއަރީ ހައެއްގައި ކެޕިޓަލްއަށް ވަދެ ހިންގި ހަމަނުޖެނުންތަކުގައި ސެކިޔުރިޓިއަށް އަނިޔާވެފައިވެ އެވެ. އަދި އެއިރު ސެކިޔުރިޓީ ބަލަހައްޓަން ތިބި އޮފިސަރުންނަށް އަމާޒުކޮށް ހަމަލާދިނުން ގިނަވެފައިވާ ކަމަށް ކެޕިޓަލް ޕޮލިސް ޔޫނިއަނުން ބުނެ އެވެ.

އެމެރިކާގައި ބަޑިން ދޭ ހަލަމާތައް އިތުރު ވެދާނެ ކަމަށް ބަލައި މި މައުލޫއަށް މަޝްވަރާ ކުރެވެމުން އަންނައިރު ސެކިޔުރިޓިއަށް ނުރައްކާ އޮތްކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެމެރިކާގައި އާންމުން ބަޑި ގެންގުޅުން މޮނީޓާ ކުރުން ވަރަގަދަ ނުކުރެވިއްޖެ ނަމަ އޮފިސްތަކަށް އަދި ކެފޭ ރެސްޓޯރަންޓްތަކަށް ބަޑިން ދޭ ހަމަލާތައް އިތުރުވެދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.