ޓިކްޓިކް

ޓިކްޓޮކް 30،000 ޑޮލަރުން ޖޫރިމަނާކޮށްފި

ޓިކްޓޮކް، ކުރު ވީޑިއޯ ޝެއަރިން ޕްލެޓްފޯމް 30،000 ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ. މިއީ ރަޝިއާގައި ހިނގައިގެން އުޅޭ ކަމެކެވެ. ރަޝިއާގެ ކޯޓަކުން ޓިކްޓޮކްއަށް ކުރި ހުކުމްގައި ބުނެފައި ވަނީ ޖޫރިމަނާ ކުރަން ޖެހުނީ ހަމަނުޖެހުން ހިންގަން ކުޑަކުދިންނަށް ހިތްވަރުދޭ ވީޑިއޯ ކްލިޕްތައް ޝެއާ ކުރުން އާންމު ކަމަކަށްް ހަދާފައިވާތީ ކަމަށެވެ.

ރަޝިއާގައި ޓިކްޓޮކް ހިންގަން ޖެހޭނީ ރަޝިއާގެ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅާފައި އޮވެ އެވެ. މިއީ ސޯޝަލް މިޑިއާއަށް ގިންތި ކުރެވޭ ހުރިހާ އެޕްލިކޭޝަނެއް / ޕްލެޓްފޯމަކާ މެދު އެ ގައުމުން އަމަލުކުރާ ގޮތެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ސަޕޯޓްކޮށް އަދި އޭނާ ދޫކޮށްލުމަށް ގޮވާލައި ޓިކްޓޮކްގައި ޝެއާކޮށްފައި ހުރި ވީޑިއޯ ކްލިޕްތަކުގައި ކުޑަކުދިންނަށް ހިތްވަރު ލިބޭ ގޮތަށް މެސެޖުދީފައި ހުރުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.

ރަޝިއާގެ އިދާރާތަކުން ބުނާ ގޮތުން އެގޮތަށް ހުރި މެސެޖްތައް ޓިކްޓޮކުން ނެގުމަށް އެންގުމުން ވެސް އެއްބާރުލުން ދީފައެއް ނުވެ އެވެ. އެހެންކަމުން ޖޫރިމަނާކު ރުން ނޫން ގޮތެއް ނެތީ އެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު ޖަލަށްލުމުން ކުރިމަތިވެފައި އޮތް ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެ ގައުމުން އަންނަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރަޝިއާގައި ހިންގަނީ އޮންނަ ގަވާއިދަށްތޯ ބަލަމުންނެވެ. އޮފިޝަލުން ބުނާ ގޮތުން ޓްވީޓާ ވެސް ހިންގަނީ ގަވައިދާ ޚިލާފަށެވެ. އެހެންކަމުން ހެޔޮވަރުގެ އަދަދަކުން ޖޫރިމަނާ ކުރަން ޖެހެ އެވެ. ރަޝިއާއިން މިދާކަށް ދުވަހު ވެސް ވަނީ ޓްވީޓާ ޖޫރިމަނާ ކޮށްފަ އެވެ.