ވިޔަފާރި

މިރުހާއި ކާށީގެ އަގު މަތިވިޔަ ނުދޭން މަސައްކަތް ކުރަނީ

Apr 7, 2021
1

ރޯދަ މަހު ކައްޓާއި މިރުހުގެ އަގު މައްޗަށް ދިޔަ ނުދޭން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ 363 ދަނޑުވެރިންނާއެކު، އަގު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ ދަނޑުވެރި ކުންފުނި، އެގްރޯ ނެޓާއެކު އެއްބަސްވެފައިވާ ކަމަށެވެ.

"ސަރުކާރުން ކައުންސިލްތަކާ ގުޅިގެން މިރުހާއި ކަރާ ތަކެތީގެ ސަޕްލައި ރަނގަޅަށް ރާއްޖޭގައި ހިފެހެއްޓޭނެ ކަހަލަ ގޮތަކަށް މަސައްކަތް ކުރަމުން އެބަދޭ،" މަބުރޫކު ވިދާޅުވި އެވެ.

އިތުރަށް ތަރުޖަމާނު ވިދާޅުވީ ކާޑާއި ބިސް އަދި ފިޔާ އަދި އަލުވީގެ ސަޕްލައިއަށް ރޯދަ މަހު ބުރޫ އެރިޔަ ނުދޭން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ބާޒާރުގައި ފިޔާ އަދި އަލުވި ބަސްތާއެއް މިހާރު ވިއްކަނީ 250ރ. އަށެވެ. އަދި ކާއްޓެއް ވިއްކަނީ 6ރ. އާއި 10ރ. އާ ދެމެދުގަ އެވެ. އަދި މިރުސް ކިލޯއެއްގެ އިއްޔެ 230ރ. އަށް ހުރުމަށްފަހު މިހާރު ވަނީ މަތިވާން ފަށާފަ އެވެ.