ރޯދަ މަހާ ރޯއްޖާ

އެންމެ އަގުހެޔޮ ފިހާރަ އަދި ރެޑްވޭވް އަށް

Jun 11, 2016
3
  • އަގު ހެޔޮ ލިސްޓު އާއްމު ކުރަނީ އިކޮނޮމިކް މިނިސްޓްރީން
  • ރެޑްވޭވް، ސޯސަން މާޓް، އަގޯރާ، ޝޮޕް އެންޑް ސޭވް ހިމެނޭ
  • ލިސްޓުގައި 62 ބާވަތެއް ވިއްކާ އަގު

ކޮންމެ އަހަރެއްގެ ރޯދަ މަހަކާ ދިމާކޮށް އިކޮނޮމިކް މިނިސްޓްރީ އިން ނެރޭ، ބާޒާރުގެ "އެންމެ ހެޔޮ އަގު" ފިހާރަ މިއަހަރު ވެސް މި އޮތީ ނެރެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓްގައި އާންމު ކުރަން ފެށި ލިސްޓުގައި މި ފަހަރު 62 ބާވަތެއް ވަނީ ހިމަނައިފަ އެވެ.

މި ލިސްޓުގައިވާ ގޮތުން ބާޒާރުގައި "އެންމެ ހެޔޮ އަގު" ލިސްޓުގެ އެއްވަނަ ފުރަތަމަ ލިބިފައިވަނީ ރެޑްވޭވް އަށެވެ. ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެ ކުރާ ރެޑްވޭވް ގްރޫޕުން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ އަގު ލިސްޓުގައި 39 ބާވަތެއް ހިމެނެ އެވެ.

ރެޑްވޭވްގެ ފަހަތުން ދެވަނަ ލިބެނީ ސޯސަސް މާޓަށެވެ. ސޯސަން މާޓްގެ ލިސްޓުގައި 23 ބާވަތެއް ހިމަނާފައިވެ އެވެ. އަދި ތިންވަނާގައި އޮތީ ޝޮޕް އެންޑް ސޭވް އެވެ. މި ފިހާރައިގެ ލިސްޓުގައި 13 ބާވަތެއް ހިމަނާފައިވެ އެވެ. ދެން މި ލިސްޓުގައި އޮތީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ސުޕަމާޓެވެ. އެސްޓީއޯ ސުޕަމާޓްގެ ލިސްޓުގައި އަށް ބާވަތެއް ހިމަނާފައިވެ އެވެ. އަދި ދެން މި ލިސްޓުގައި އޮތީ އަގޯރާ އެވެ. އަގޯރާގެ ލިސްޓުގައި ތިން ބާވަތެއް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މި ލިސްޓު އާންމުމުކުރަނީ އަގުތައް ފޮނުވަން ފިހާރަތަކަށް އެންގުމަށްފަހު، އަގުތައް ފޮނުވާ ފަރާތްތަކުގެ އަގުތަކަށް ބެލުމަށް ފަހު އެވެ. މި ލިސްޓުގައި މި އަހަރު ހިމެނިފައިވާ ބައެއް ބާވަތްކުގެ އަގުތައް ތިރީގައި އެވަނީ އެވެ.

  • އެސްޓީއޯ/ރެޑްވޭވް/ ސޯސަން މާޓް: ކުކުޅު ބިހެއް: 1.50ރ. އަށް
  • އަލުވި ކިލޯއެއް ރެޑްވޭވުން: 11ރ. އަށް
  • ރެޑްވޭވުން ކައްކާތެޔޮ ދެ ލިޓަރުގެ ފުޅިއެއް: 35ރ. އަށް
  • އެސްޓީއޯ/ ސޯސަން މާޓުން: މަޔޮނައިސް ފުޅިއެއް 493ގ. ގެ 22ރ. އަށް
  • ރެޑްވޭވުން ފާރޮށި ކުނޑި ޕެކެޓެއް: ހަ ރުފިޔާއަށް
  • ސޯސަން މާޓް: ކެބެޖު ކިލޯއެއް 15ރ. އަށް
  • އަގޯރާ/ ރެޑްވޭވް/ ސޯސަން މާޓް: ޓޮމާޓޯ ޕޭސްޓް ކުދި ދަޅު: 2.50ރ. އަށް