ވިޔަފާރި

ބާޒާރަށް ދިއުމުން ލޮލަށް ކުޅިވެއްޖެ!

ބާޒާރުގައި މިރުސް ބަސްތާތަށް ބަހައްޓާފައި: ރޯދަ މަހު ބާޒާރަށް ގިނަ އަދަދެއްގެ މިރުސް ގެނޭ- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް
0%
0%
0%

ރޯދަ ފެށުމުން ބޭނުންވާނެ ބައެއް ސާމާނު ގަންނަ ބާޒާރަށް ދިއައީ އެވެ. މުޅި ބާޒާރު ގާތްގަނޑަކަށް އޮތީ ފުރިފަ އެވެ. މީހުން ގިނަ އެވެ. މާރުކޭޓަށް ވަނތް ތަނުން ލޮލުން ދިލަ ނަގާހެން ވެސް ހީވާން ފެށި އެވެ. ވާގޮތް ބަލައިލިއިރު ރޯދަމަހާ ދިމާކޮށް ގެނައި ގިތެޔޮ މިރުހުން މުޅި މާރުކޭޓު އޮތީ ފުރިފަ އެވެ. ކޮންމެ ގޮޅިއެއްގައިހެން އޮތީ މިރުހެވެ.

ބާޒާރުގައި މިރުސް ތިޔާގި ވިއަސް އަގު ހަމަ އެންމެ ތަންފުކެއްވެސް ތިރިއެއް ނޫނެވެ. ގިތެޔޮ މިރުހުގެ އަގުތައް އުޅެނީ 100ގ. 35ރ. އިން ފެށިގެން 60ރ. އާ ދެމެދުގު އަގުތަކެއްގަ އެވެ. ބާޒާރަށް އާއްމުކޮށް މިރުސް ގެންނަ ހުރިހާ ރަށަކުން މިރުސް ހުރީ ގެނެސްފަ އެވެ.

މާރުކޭޓު ގޮޅިއަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި ރޯދަ މަހު ގިނަ އަދަދެއްގެ މިރުސް ގެންނާނެ އެވެ. އެކަމަކު އަގު ހެޔޮވާނެ ކަމަށް ނުބެލެވެ އެވެ. އޭނާ ޔަގީންކަން ދެނީ އެ ގޮތަށެވެ.

"މިރުސް އެބަހުރި ތޮއްޑޫ އާއި ކަނޑޫދޫ އަދި ލާމުންވެސް ގެނެސްފައި. ކިތަންމެ ވަރަކަށްވެސް އެކަމަކު އަގު ހެވެއް ނުވާނެ،" ގޮޅިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަގު ހެޔޮ ނުވާންވީ ކީއްވެގެން ހެއްޔެވެ؟

ގިތެޔޮ މިރުސް ގެނެސްފައި ހުރި ރަށްރަށަށް ބަލާއިރު ތ. ކަނޑޫދޫ ކުޅިގަދަ ގިތެޔޮ މިރުސް ކިލޯއެއް ވިއްކަކީ 400ރ. އިން ފެށިގެން 500ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ތޮއްޑޫ މިރުހުގެ އަގު އުޅެނީ ކިލޯއެއް 400ރ. ވަރަށެވެ.

ރޯދައަށް ގެނައި މިރުސްތައް: ރޯދަ މަހު ގިނަ އަދަދެއްގެ މިރުސް ވަނީ ގެނެސްފައި- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް

ކުރިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އަގު ހެޔޮ ނުވާނީ މިކަމަށް ކޮށްފައި ހުރި މަސައްކަތް ބޮޑުވެފައި ހަރަދު މަތިވާތީ އެވެ.

"މިރުސް ހައްދާ މީހުން ބުނަނީ ވަރަށް ހާލުންނޭ މި އަހަރު މި ހެއްދުނީ. ވިއްސާރަ ވެގެން ގިނަ ގަސްތަށް ހަލާކުވީއޭ،" އެ މީހާ ބުންޏެވެ.

"މިރުސް ހައްދާ މީހުން ބުނަނީ ވަރަށް ހާލުންނޭ މި އަހަރު މި ހެއްދުނީ. ވިއްސާރަ ވެގެން ގިނަ ގަސްތަށް ހަލާކުވީއޭ،" އެ މީހާ ބުންޏެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345