ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓްލާން ދާން ހުއްދަ ދީފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓްލާން ދިއުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކަރަންޓިީން ކޮށްފައިވާ ނުވަތަ އެކަހެރިކޮށްފަައިވާ މީހުން ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު" ގައިވާ ގޮތުގެ މަތިން ވޯޓްލާން ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އުސޫލުގައި ހިމެނޭ ކަންކަން

  • އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ވޯޓްލާ މަރުކަޒުތަކަށް ދިއުން
  • ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުން
  • ތިން ފޫޓްގެ ގައިދުރުމިން ބެހެއްޓުން
  • ސެނެޓައިޒާ ބޭނުން ކޮށްގެން އަތް ސާފުކުރުން
  • ޕަބްލިކް ޓްރާސްޕޯޓް (ބަސް، ފެރީ، ޓެކްސީ) ބޭނުން ނުކުރުން
  • ވޯޓްލާން ދިއުމާއި އެނބުރި ގެއަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން
  • ވޯޓްލުމަށްފަހު ކަރަންޓީންގައި ނުވަތަ އެކަހެރި ކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިއުން

ޑިރެކްޓަރު ޖެނެރަލްގެ އެންގުމުގައި ބުނެފައިވަނީ އުސޫލުގައި އެހެން އޮތް ނަމަވެސް ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަންގާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.