ރައީސް މުހައްމަދު ނަޝީދު

ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ: ނަޝީދު

ލާމަރުކަޒީ ނިޒާމް އުފެއްދީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރަން އެމްޑީޕީ އިސްވެ ކަމަށާ އެ ނިޒާމަށް އެހެން ބަޔަކު ފަރިތަ ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭނު ނިންމުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖެ ބަދަލު ކުރާނެ ޕާޓީ ކަމަށާ އެ ޕާޓީ އުފެއްދީ އެ މަގުސަދުގައި ކަމަށެވެ. ލާމަރުކަޒި ނިޒާމަކީ އެއްވެސް ރަށެއް ބާކީ ނުކޮށް ހިދުމަތް ކޮށްދޭން އުފައްދާފައިވާ ނިޒާމެއް ކަމަށާ އެކަން އެމްޑީޕީން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.


"ލާމަރުކަޒީ ނިޒާމަކީ ހާއްޔެއް. މި ހާއްޔަށް ބިސް އަޅާނީ ވެސް އަޅުގަނޑުމެން. ބިސް ފީ ކުރާނީވެސް އަޅުގަނޑުމެން އަދި އެ ދޫނި ނެރި ދޫކުރާނީ ވެސް އަޅުގަނޑުމެން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ކޮވެއްޔަކީ ކާޅުގެ ހާއްޔަށް ބިސް އަޅާ އެއްޗެއް ވިދާޅުވެ އިދިކޮޅުގެ ވާހަކަތައް މިހާރު ހުރީ ކޮވެލީގެ އުސޫލުން ކަމަށް ސިފަ ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި އެ ހާއްޔަކަށް ޕީޕީއެމް އަށް ބިސް ނޭޅޭނެ ކަމަށެވެ.