ރައީސް މުހައްމަދު ނަޝީދު

"މުއިއްޒަކީ ގާބިލް ކެރޭ ބޭފުޅެއް"

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު: މިއަދު ރައީސް ނަޝީދުގެ ރާގު ވަނީ ބަދަލު ކުރައްވާފައި -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

މާލެ ސިޓީގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ ގާބިލު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ނަޝީދު ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އިންތިހާބަށް ފަހު ވަގުތީ ނަތީޖާތައް ލިބެމުންދާ ދަނޑިވަޅުގައި އެމަނިކުފާނު މިއަދު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިން ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މުއިއްޒާބެހޭ ގޮތުން ކުރިން ދެއްކެވި ވާހަތަކުގެ ރާގު ބަދަލު ކުރައްވާ ވާހަކަފުޅު ދައްވާފަ އެވެ. މިއަދު ވިދާޅުވީ "މުއިއްޒަކީ ރަނގަޅު، ގާބިލް އަދި ކެރޭ ބޭފުޅެއް" ކަމަށެވެ. އަދި މާލެ ސިޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންނަށް ފައިދާ ވާނެހެން މުއިއްޒޔ ކުރައްވާ ކޮންމެ މަސައްކަތަކަށް ސަރުކާރުން ތާއީދު ކުރާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީ އިން ނެރުނު ކެންޑިޑޭޓް، އަނަސް އަބްދުއްސައްތާރަކީ އެމްޑީޕީ މެމްބަރުން ޕްރައިމަރީގން ނެރުނު ބޭފުޅެއް ކަމަށާއި އިންތިހާބުގައި އަނަސްއަށް ނާކާމިޔާބުވެ ވަޑައިގަތަސް އޭނާގެ ސިޔާސީ ހަޔާތް ކުރިއަށް އޮތް ތަނުގައި ކާމިޔާބު ވާނެ ކަމަށެވެ. އަނަސް އަކީ ވެސް ގާބިލު ކެރޭ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން އެމްޑީޕީއަށް މާލެއިން ނާކާމިޔާބުވި ނަމަވެސް ލާމަރުކަޒީ ނިޒާމަށް އުނި ކަމެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްޑީޕީއަށް ނާކާމިޔާބުވީ ނަމަވެސް ލާމަރުކަޒީ ނިޒާމު އުވައެއް ނުލާނަން. ސިޓީ ކައުންސިލް މެމްބަރުންގެ އަޣުލަބިއްޔަތުން ކަމެއް ނިންމައިފި ނަމަ އެކަމަށް އަޅުގަނޑު އިހުތިރާމް ކުރާނަން. ލާމަރުކަޒީ ނިޒާމް އަޅުގަނޑުމެން ގެނައީ ވަރަށް ދުވަހު އެކަމާ އުޅުމަށް ފަހު. މިގޮތަށް ނުވެއްޖިއްޔާ އެހެން ގޮތެއް ހޯދާނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މުއިއްޒު ކުރި ހޯއްދެވުމުން އެމްޑީޕީން ބަލި ގަބޫލުކޮށްފި ކަމަށެވެ. މުއިއްޒު މާލެ ސިޓީއަށް ނަފާ ވާނެހެން ހިންގާ އެއްވެސް ޕްރޮގްރާމަކަށް ސަރުކާރާއި އެމްޑީޕީން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ.

އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް މުއިއްޒު ހޮވި ވަޑައިގަތީ 9،500 އަށްވުރެ ގިނަ ވޯޓުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345