އަނަސް އަބްދުއްސައްތާރު

ރީ-ރަޖިސްޓްރީކުރާ އަދަދު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު -- ފޮޓޯ: އަވަސް
0%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު މިއަދު ވިދާޅުވެއްޖެ އެވެ.

އަނަސް މިހެން ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް ދެ ދުވަހުގެ ތެރޭގައި 25،000 މީހުން ފޯމު ހުށަހެޅުމުން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުންނެވެ.

"އަވަސް" ގެ ހަބަރު ހިއްސާކުރައްވާ އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާވެސް ގިނަ ރައްޔިތުން އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގު ބޭނުން ހިފަން އުޅުމަކީ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެއީ ހިތްވަރުދީ، އެ ހައްގުގެ ބޭނުން ހިފާތީ އުފާ ކުރަންވީވަރުގެ ކަމެއް،" އަނަސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން ދެ ދުވަހުގެ ތެރޭގައި 25،493 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީން ދަނީ އެ އަދަދު ގިނަ ކަމަށް ބުނަމުންނެވެ. އަދި އޮޅުވާލައިގެން ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ދަނީ ތުހުމަތުކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345