ވިޔަފާރި

ރަޝިއާގައި އޮންނަ ޑައިވް ފެއާއެއްގައި ރާއްޖެ

Apr 10, 2021
1

ރަޝިއާގައި ބާއްވާ "މޮސްކޯ ޑައިވް ފެއާ" ގައި ރާއްޖޭން އިން ބައިވެރި ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި މި މަހުގެ 8 އިން 11 އަށް ރަޝިއާގައި އޮންނަ "މޮސްކޯ ޑައިވް ފެއާ" އަކީ ރަޝިއާ އާއި އިރުމަތީ ޔޫރަޕުގައި ޑައިވިން އާއި މޫދު ކުޅިވަރު ތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފެއާ އެކެވެ.

މި ފެއާގައި ސީއައިއެސް ރީޖަންގެ އޮޕަރޭޓަރުންނާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން އާއި އޯޝަން ސަފެއާ އެވެ. މި ފެއާގައި ރާއްޖެ ތަމްސީލް ކުރާ ސްޓޯލުގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކާލާނެ އެވެ.

"މޮސްކޯ ޑައިވް ފެއާ" ގައި 2019 ވަނަ އަހަރު 20،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.