ނައިފަރު

ނައިފަރުގެ ހަ ގޮނޑި އާއި ޅ. ރައީސް ޕީޕީއެމަށް

ލޯކަލް ކައުންސިލް އިންތިހާބުގައި ޅ. ނައިފަރުގެ ހަތް ގޮނޑީގެ ތެރެއިން ހަ ގޮނޑި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

ނައިފަރު ކައުންސިލަށް ހަތް ކެންޑިޑޭޓުން އިންތިހާބު ކުރަން ޖެހޭއިރު ކުރީގައި އުޅެނީ ޕީޕީއެމްގެ ހަ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެވެ. ޅ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާސީން އެވެ. ނައިފަރު ކައުންސިލްގެ ރައީސަކަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ރަޝީދެވެ.

ކައުންސިލަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ސާޖިދާ މުހައްމަދު އާއި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ސާޖިދު އާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ހަސަން އާއި ޕީޕީއެމްގެ ކެންޑިޑޭޓް އައިޝަތު ހިނާ މުހައްމަދުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ލުހާ އެވެ. އެމްޑީޕީން ކުރީގައި އުޅެނީ އަހުމަދު ޝިފާއު އެވެ. ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓް ހައްސާން އަލިފުޅު އާއި އަހުމަދު ޝިފާއު އާ ދެމެދު ހުރީ ފަސް ވޯޓްގެ ތަފާތެވެ.

އިންތިހާބުގައި ހިންނާއަށް 988 ވޯޓް، ޝާޖިދާ އަށް 766 ވޯޓް އަދި ލުހާއަށް ލިބިފައިވަނީ 782 ވޯޓެވެ. ސާޖިދު އަށް 963 ވޯޓް އަދި އަބްދުﷲ ހަސަން އަށް 851 ވޯޓް ލިބިފައިވެއެވެ.

ނައިފަރު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި މުހައްމަދު ރަޝީދު އަށް 637 ވޯޓް ލިބިފައިވެއެވެ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި ޔާސީންއަށް 1950 ވޯޓް ލިބިފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަަސައްކަަތް ކުރާ ކޮމެޓީއަށްވެސް އިންތިހާބުވެފައިވަނީ މުޅީންވެސް ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.

ނައިފަރަކީ ޕީޕީއެމްއަށް ވަރަށް ބޮޑު ތާއީދެއް އޮތް ރަށެކެވެ. އެ ދާއިރާ ތަމްސީލް ކުރައްވަނީ ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމެވެ. މެންބަރު ޝިޔާމަކީ ރަށުގެ ރައްޔިތުންނާއި ހާއްސަ ގުޅުމެއް ބާއްވަވާ މެންބަރެކެވެ.

ނައިފަރަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ފަސްވަނަ އަށް އެންމެ އާބާދީ ބޮޑު ރަށެވެ.