ނައިފަރު

ޝިޔާމަށް އަނިޔާކުރުމުން ނައިފަރުގައި މުޒާހަރާ ކޮށްފި

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް މަޖިލީހުގެ ތަޅުމުގައި ލިބުނު އަނިޔާތަކާ ދެކޮޅަށް އެ ރަށުގައި މުޒާހަރާ ކުރަނީ -- ފޮޓޯ: ޕީޕީއެމް
83.3%
16.7%
0%

ގާނޫނު އަސާސީ އިސްލާހު ކުރަން މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ކުރި މަސައްކަތުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވާތީ ނައިފަރުގައި މިއަދު ހަވީރު މުޒާހަރާކޮށްފި އެވެ.

ޕީޕީއެމްގެ ނައިފަރު ދާއިރާގެ އޮފިޝަލަކު ވިދާޅުވީ އެ އިހުތިޖާޖަކީ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވާ މެންބަރަށް ކުރި އަނިޔާއާ ދެކޮޅު ހެދުމުގެ ގޮތުން ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެގެން ބޭއްވި ސުލްހަވެރި އެއްވުމެއް ކަމަށެވެ. އަދި އެއްވުން ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގައިދުރުވުމުގެ ހަމަތަކާ އެއް ގޮތަށެވެ.

މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރު ނައިފަރުގައި ފެށި އެ މުޒާހަރާގެ ބައިވެރިން ތިބީ މާސްކް އަޅައިގެންނެވެ. އަދި ދުރުދުރުގައި ބަހައްޓާފައިވާ ގޮނޑިއެއް ކައިރީގައި ކޮންމެ ބައިވެރިޔަކު ޝުއޫރުތަކުގެ ލިއުން ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިއްބެވެ.

ދަންވަރު ވަގުތުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައިފަ އެވެ. އެކަމަކު އެ ކަމަށް ޝިޔާމް ދެކޮޅު ހެއްދެވުން އޭނާ ބޭރަށް ނެރުނީ އެމްޑީޕީގެ ބައެއް މެންބަރުން އޭނާ ވަށާލައި ހިފައިގަނެގެން ގެންގޮސްގެނެވެ. މެންބަރުން އެކަން ކުރެއްވީ ރިޔާސަތުގައި އިންނަވާ ނަޝީދު އެގޮތަށް އަަމަލު ކުރެެއްވުމަށް މެންބަރުންނަށް އެންގެވުމުންނެވެ.

އެ ކަމުގެ ތެރޭގައި ޝިޔާމްގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސައަށާއި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވެ އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް މަޖިލީހުގެ ތަޅުމުގައި ލިބުނު އަނިޔާތަކާ ދެކޮޅަށް އެ ރަށުގައި މުޒާހަރާ ކުރަނީ -- ފޮޓޯ: ޕީޕީއެމް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ޝިޔާމަށް އަނިޔާ ކުރީ ކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުން އެ ރޭގައި ފުލުސް އޮފީހަށް ވަޑައިގެންނެވި އެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓް ކުރި އެވެ. ފުލުހުން ބުނެފައިވަނީ އެ ކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ޝިޔާމަށް އަނިޔާވުމުން އޭނާ ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވައިފަ އެވެ. ޕީޕީއެމުން ބުނި ގޮތުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ވަނީ ރެދެއް ލައިފަ އެވެ. އަދި ހަތަރު ހަފްތާއަށް އޭނާ ބެޑް ރެސްޓު ކުރަން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަމްހޭ

ރައީސް ޔާމީނާއިގުޅިގެން ރަށްތަކާއި ފަޅުތައްވިއްކަމުން ލިބޭލާރި ގޯނިގޯންޏަށްއަޅައިގެން ބަހަމުން، އެކިއެކައުންޓަށް ޖަމާކޮށް ތަޅާބުރުއްސާ ބެހިއިރު ނައިފަރުގެ ތިރަޢިއްޔަތުންގެ ނުނުކުތީ އެއިންބައިއެޅޭތީބާ!

ދ ގޮވެލި

މޕ ޝިޔާމަށް އަނިޔާކުރި މައްސަލަ ތަހްގީކޮށް އެކަމަށް ހިއްވަރު ދިންމީހާއަށް ހައްގު އަދަބު ދިނުމަށް ގޮވާލަމެވެ އަދި އެމީހާ މަގާމުން ދުރުކުރުމަށް ވެސް ގޮވާލަމެވެ.

ރަންނަ

ހައްޖުމޫސުން ލައްވާލީބާ؟

އީސާ އަލީ މަނިކު

އަސްތާ މިއޮތީ ނައިފަރުގެ ހުރިހާރައްޔިތުންނުކުމެ މަގުތައްފުރާލާފަ، ވޭތުވެދިޔަ 5 އަހަރުގަ ލިބުނު ލާބަޔާމަންފާގެ މަތިން ހަދާންވާ ވަގުތުތަކުގަ އެމެންބަރުންނަށް ބައެއްފަހަރު އުޅޭވޭ ނޫޅެވޭގޮތްވެސް ނޭންގެނީ. ހަހަހަހަހަހާ

ލީނާނ

އާވި އަރައިގެން އުޅޭ ކޯޅޮއަކަކަށް ތިވާނީ އަނިޔާއެއް ނުކުރޭ މަހިލީހަކީ އަނިޔާ ފުރީތަނެއް ގައިދީޔާމީނު މެންބަރުންނެރެ ފާރުމަތިން އުކާލި ހަނދާން ވާނެ

ޔަގީން ކަތީބު

ޗަކޮއެމެން ޗައުޅޭގޮތުން ހީވަނީ މިމަހުގެ ކަރަންޓް ބިލަށާއި ކާޑަށްވާ ފައިސާ ޝިޔާމުއަތުން އަތުލަންއުޅޭހެން. ޝިޔާމަށް އަންގަބަލަ އަންނި ކޮޕީކުރުން ހުއްޓާށޭ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345