ހަބަރު

ޝިޔާމަށް އަނިޔާވި މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލަން ފަށަނީ

މަޖިލީހުގައި ހަމަނުޖެހުން ހިންގައި މެންބަރު އަހުމަދު ޝީޔާމް ތަޅުމުން ބޭރު ކުރުމުން އިދިކޮޅު އެހެން މެންބަރުންނާއެކު ހޮސްޕިޓަލަށް ވަަޑައިގަންނަވަނީ ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ދަންވަރުގެ ވަގުތެއްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވި އެވެ. އޭގައި އެދިވަޑައިގެންފައިވަނީ ޝިޔާމަށް އަނިޔާ ކުރުމުގައި ބައިވެރިވި މެންބަރުން ހޯދައި ސުލޫކް ކޮމިޓީން ތަހުގީގެއް ކޮށްދިނުމަށެވެ.

ރައީސް ނަޝީދު ވަނީ އެ ސިޓީފުޅު ދިރާސާ ކުރަން މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުވައިފަ އެވެ. މިއަދު މެންދުރުފަހު 2:30 އަށް އެ މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ ތަވާލުކޮށްފަ އެވެ.

ރައްޔިތުން މަޖިލީހުގައި ހިނގައިދިޔަ އެ ހަމަނުޖެހުންތަކުގައި ޝިޔާމަށް އަނިޔާވި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެ މެންބަރުން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

ޝިޔާމަށް އަނިޔާވި މައްސަލަ ފުލުހަށް ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ. ފުލުހުން ވަނީ މައްސަލަ ބަލަން ވެސް ފަށައިފަ އެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވި އެވެ. މިނިސްޓަރު އިމްރާންގެ އެ ވާހަކައާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން މިނިސްޓަރަށް ފާޑުވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ މެންބަރެއްގެ ނަން އިއްވުމުން ތަޅުމަށް ނެރުމަށް އޮންނަނީ ސާޖެންޓް އޮފް އާމްސް މެދުވެރިކޮށެވެ. ނަމަވެސް އެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންތަކެއް ވެގެން ޝިޔާމް ނެރުމުން، އެއީ މަޖިލީހުގެ ގަވާއިދާ ވެސް ހިފާލަށް ކުރެވުނު ކަމެއް ކަމަށް ބުނެ ގިނަ ފާޑުކިއުންތައް އެމްޑީޕީއަށާއި ރައީސް ނަޝީދަށް އަމާޒުވެފައިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލޭއްސަ

ތިމައްސަލަ ފުލުހަށް ހުށަހެޅީ، ސުލޫކީމައްސަލަބަލާ ކޮމެޓީއާއި ތިޔަގޮތް އޮއްވާނޫންތޯއެވެ! ޙައިރާންވާވަރުގެކަމެކެވެ! ބައިނަލްއަޤްވާމީ ޕާލިމެންޓްރީ ޖަމްޢިއްޔާއަށާއި، ޑަބުލިޔޫއެޗްއޯއަށާއި، ޔޫއެނަށާއި، ބައިނަލައަޤްވާމީ ފަނޑިޔާރުގެޔަށް ތިމައްސަލަ ހުށަނޭޅީކީއްވެތޯވެސް ސުވާލުއެބައުފެދެއެވެ!

ދުންތަރި

ސަލީމެއްކަމަކު ތިޔަ ޖެހެނީ މަހާނަމައްޗަށް މަޑިޔަކަށް އެޖަރީމާ ނާތަހުޒީބު ޢަމަލު ހިންގަން އެންގި ޤާނޫނާ ޤަވާޢިދާޚިޅާފަށް ޢަމަލްކުރި އިސްމީހާޔަށް ސިޓީ ފޮނުވާފަ ތިއަންގަނީ އެކަންކުރިމީހުން ހޯދާ ތަޙްްޤިޤުކުރާޝޭ ކިހާ މޮޅަށް ތިކަން ކުރާނެތަ؟ ފުލުހުންގެ މުއައްސަސާއިންވެސް ތި މައްސަލަ ބެލިޔަކަ ނުދޭނެ ކެނެރީގޭ ނަޝީދު ޤާނޫނާ ޤަވާޢިދާ ޚިލާފަށް އުސޫލުން ބޭރުން ނަން އިއްވީވެސް ނަން އިއްވާފަ އޭނަގެ އައުވާނުން އެމްޑީޕީގުންޑާއިންނަށް އަނގައިގެން ހިއްވަރުދީގެން މާރާމާރީހިންގުވީ އެރޭ ޓީވީން ވަރަށް ރީއްޗަށް އެމަންޒަރުތައްލައިވްކުރި އަނިޔާކުރިމީހުން ވަރަށް ސާފު އެ ވީޑިއޯބެލީމަ އިތުރަށް ބަޔަކު ހޯދަން މަސައްކަތްކުރާކަށްނުޖެހޭ ކުށްކުރީމަ ދައުވާކުރަންޖެހެނީ ކެނެރީގޭ ނަޝީދާ އެމް ޑީޕީ ގުންޑައިން ފިޔަވައި ނިކަމެތިރައްޔިތުންގެ މައްޗަށް ތިޔަކަން ދާނީ ބޮނޑުނަގުލަށް އެމްޑިޕީން ފުހުންނާ ދެކޮލަށްހިންގި އަނިޔާވެރިކަމާ ޤައުމުގަ ހުޅުޖެހި މައްސަލަޔަށްވީކިހިނެއް ؟؟

ޢަލިނަރު

ތިޔަ ކޮމިޓީން ބަލާފީބިއްޔާ އެހެން މުއައްސަސާއަކުން މައްސަލަ ބެލިޔަ ނުދޭންވެގެން ރާވާ ރޭވުންގަނޑެއްތީ. ރައްޔިތުންނޭ ހޭއަރައިބަލަ. މިތިއްބެވީ ތިބޭފުޅުންގެ "ޢިއްޒަތްތެރިން"ގެ ޢޯގާތެރި ކަން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345