ހާބަރު ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގެ ދަށުން ގޮވާ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިންނާއި ފުލުހުން އެ ސަރަހައްދު ހުސްކޮށް ހަރަކާތްތެރިވާން ފަށައިފި އެވެ.
ގޮވާފާނެ ކަމަށް ބެލެވޭ އެތި ފެނިފައި ވަނީ ހުރި ހާބަރު ކަޑަތައް ކައިރީގައި އޮތް ތެޔޮ ބައުޒަރެއްގެ ކައިރިން ބުނާއިރު ހުރީ ކަޑަތަކާއި މުޅި ސަރަހައްދު ވަނީ ހުސްކޮށްފަ އެވެ. އެ ސަރަހައްދުގައި ގިނަ އަދެއްގެ ސިފައިން ހަރަކާތްތެރިވާއިރު ސިފައިންގެ ރޭޑިއޯ ފްރެކްއެންސީ ޖޭމާ ވެސް ބާއްވާފައި އެބައޮތެވެ. އެ ސަރަހައްދުން ބޭރު ކުރި ބައެއް މީހުން ބުނީ ފެނުނު އެތި ތެޔޮ ބައުޒަރެއްގެ ދަށުގައި އޮތީ ނަރުތަކެއް އޮޅާފައިވާ ކަމަށާއި އޭތި މިހާރު ސިފައިން ނަގާފައިވާ ކަމަށެވެ. (ތަފުސީލް އަންނަނީ)