ދުނިޔެ

ސެމްސަންގް ގެލަކްސީ އެސް21: ފޭން އެޑިޝަން

ސެމްސަންގުން ގެލަކްސީ އެސް21 މަރުކާއަށް އާ މޮޑެލްއެއް އިތުރު ކުރަނީ އެވެ. އެއީ "ގެލަކްސީ އެސް21 އެފްއީ" އެވެ. މި މޮޑެލްގައި 5ޖީ ފޯނެއް ވެސް ހިމެނިދާނެ ކަމަށް އެބަ ބުނެވެ އެވެ. އެސް21 ގެ ފަހަތުގައި އެ އޮތް "އެފްއީ" އަކީ "ފޭން އެޑިޝަން" ބައެއް ފަހަރު "ފޭންޑަމް އެޑިޝަން" ގޮތުގައި ވެސް މާކެޓް ކުރެ އެވެ.

ސެމްސަމްގުން ނެރޭ ފޭން އެޑިޝަންތަައް އަމާޒު ކުރަނީ ގެލަކްސީ ފޯނުތަކަށް ލޯބިކުރާ މީހުންނަށެވެ. މި މަރުކާގައި ހިމެނޭ ބާރުގަދަ ފޯނުތައް ނުގަނެވޭ މީހުންނަށެވެ. އާންމުކޮށް ފޭން އެޑިޝަންތައް އުފައްދަނީ ފެންވަރު ދަށްކޮށް، ބަޖެޓް ފޯނުތަކެއް ގޮތަށް ނަމަވެސް ސިފަ އެއްގޮތަށެެވެ. މިގޮތުން ފޭން އެޑިޝަނެއް އަދި މޮޅު އެޑިޝަނެއް ފުރަތަމަ ނަޒަރުން ވަކިކުރާކަށް ނޭނގެ އެވެ.

އެސް21 ފޭން އެޑިޝަން ނެރޭ ދުވަހެއް އަދި ނޭނގެ އެވެ. މި ފޯނު ހުންނަ ގޮތަށް ސިފަ އުފައްދައި އާންމުކޮށްފައި ވަނީ ފޯނުތަކާށް ލޯބިކުރާ މީހުންނަށް ހީވާ ގޮތަކަށެވެ. އެހެން ނަމަވެސް އާންމު ގަބޫލުކުރުމަކީ ފޯނުގެ ޑިޒައިނާ ބެހޭ ގޮތުން އިމޭޖް ރެންޑާކުރާ އާޓިސްޓުންނަށް ކުންފުނި ތެރެއިން މައުލޫމާތު ލިބުމެވެ.

ގެލަކްސީ އެސް 21 ފޭން އެޑިޝަންގެ ސްކްރީން ތަންކޮޅެއް ބޮޑުވާނެ ކަމަށް ފެނެ އެވެ. އޮރިޖިނަލް ފޯނުވަރު ނުވި ނަމަވެސް ސްކްރީން ރިޒޮލޫޝަން ލޮލަށް އެއްގޮތަކަށް ވެސް އުނދަގޫ ނުވާ ވަރަށް މަތިވާނެ ކަމަށް ބެލެވެ. އެކަމަކު މިވަތުގަށް އޮތީ ފޮޓޯތަކަށް ބަލަހައްޓައިގެން ތިބުމެވެ.