ޓްރާންސްޕޯޓް އޮތޯރިޓީ

ރޯދައާއެކު މުދާ އުފުލޭ ގަޑިތައް ބަދަލު ކޮށްފި

ރޯދަ މަހު މާލޭގައި މުދާ އުފުލާނެ ގަޑިތަކެއް ކަނޑައަޅައި ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މުދާ އުފުލުމަކީ މުދާ އުފުލުން މަނާ ވަގުތުތައް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ. މި ނިންމުން އައިރު މިއަދަކީ މި އަހަރުގެ މުލަރޯދަ ދުވަހެވެ.

އެ އޮތޯރިޓީން ބުނީ މަނާ ވަގުތުތަކުގެ ތެރޭގައި އެއްވެސް ބާވަތެއްގެ މުދަލެއް ވިޔަފާރި އުސުންލުން އުފުލުމަކީ މަނާ ކަމެއް ކަމަށެވެ. ރޯދަ މަހަށް ކަނޑައެޅި އެ އުސޫލު މާލެއާއެކު ސިޓީގެ ހުޅުމާލޭގައި ވެސް އޮންނާނެ ކަމަށެވެ.

މުދާ އުފުލުން މަނާ ގަޑިތައް ކަނޑައެޅި ނަމަވެސް ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ދެ ރަށުގައި ވެސް މުދާ އުފުލޭނެ އެވެ. އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލޭނެ އެވެ. ނަމަވެސް ހެނދުނު 9:00 އިން ފެށިގެން 3:00 އަށް ފެނާއި ގޭސް އުފުލާނަމަ ބޭނުން ކުރަން ވާނީ 350 ކިލޯ އަށްވުރެ ލުއި މުދާ އުފުލަން ހުއްދަ އުޅަނދެވެ.

ރޯދަ މަހު ސިނަމާލެ ބުރިޖުން މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 3:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށެވެ. މުދާ އުފުލާ ފަރާތްތަކުން ބުރިޖަށް އެރޭނީ ބޮޑުތަކުރުފާނުމަގުގެ ދެކުނު ފަޅީންނެވެ. މޫންލައިޓު ހިނގުމާއި ބޮޑުތަކުރުފާނު މަގާ ގުޅޭ ލޮނުޒިޔަރާތްޕާކް އޮންނަ ފަޅިން މުދަލާއެކު ބްރިޖަކަށް ނޭރޭނެ އެވެ.

ރޯދަ މަހަށް ހާއްސަ ކުރި މި ގަޑިތައް އީދު ނިމެން ދެން އޮންނާނެ އެވެ.