މާލޭ ސިޓީ ކައުންސިލް

ޗަމްޕާ ބްރަދާސް އިން ހަދިޔާކުރި ތަކެތި މިރޭ ބަހަނީ

ޗަމްޕާ ބްރަދާސް ކުންފުނިން ރޯދަ މަހާ ދިމާކޮށް ދިވެހި ރައްޔިތުންނަށް ބެހުމަށް ހަދިޔާކުރި ތަކެތި މިރޭ ބެހުމަށް ނިންމައިފި އެވެ.

އެގޮތުން ބެހުމަށް ނިންމާފައިވަނީ 50،000 ކާއްޓާއި، 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ އެވެ.

ޗަމްޕާ ބްރަދާސް އިން މިތަކެތި ހަދިޔާ ކުރީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އަށެވެ.

އެ މިނިސްޓްރީން ވަނީ މާލޭގައި މިތަކެތި ބެހުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ. ބައެއް ތަކެތި ރަށްތަކަށް ބެހުމަށްވެސް ނިންމާފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ޗަމްޕާ ބްރަދާސްއިން ހަދިޔާކޮށްފައިވާ ތަކެތި މިރެއިން ފެށިގެން ކޮންމެ ރެއަކު 9:00 އިން މެންދަމު 12:00 އަށް ބަހަމުން ގެންދާނެ ކަމަށެވެ. ތަކެތި ދޫކުރާނީ އައިޑީ ކާޑު ހިފައިގެން އައުމުން ކަމަށްވެސް ބުންޏެވެ.

ޗަމްޕާ ބްރަދާސް އިން ވަނީ މިދިޔަ ރޯދަ މަހު ވެސް މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ކާއްޓާއި ކަރާ ބަހާފަ އެވެ.