މާލޭ ސިޓީ ކައުންސިލް

މަގުމަތީގައި މާހެފުމަށް ހަތަރު ދުވަސް

މިއަހަރުގެ ރޯދަ މަހާއި ދިމާކޮށް މާހެފުމުގެ ހަރަކާތްތައް މަގުތަކުގައި ބޭއްވުމުގެ ހުއްދަ ދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގެ ބޮޑެތި މަގުތައް ފިޔަވާ އެހެނިހެން މަގުތަކުގައި މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށް ހުއްދަ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ ދޫކުރާނީ މާޗް މަހުގެ ހަތަރު ދުވަހެއްގައި އެކަން ކުރުމަށެވެ.

އެއީ މި މަހުގެ 25 ވަނަ ދުވަހާއި 26 އަދި 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު އެވެ.

ސިޓީ ކައުންސިލުން ވަނީ މާހެފުމުގެ ހަރަކާތް ބޭއްވުމަ ށްއެދި ސިޓީ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ބުނެފަ އެވެ.

ރޯދައަށް މަރުހަބާ ކިޔުމުގެ ގޮތުން މާހެފުމުގެ ހަރަކާތްތައް ބޭއްވުމަކީ ދިވެހީންގެ ޒަމާންވީ އާދައެކެވެ. މި ފަހުން މާލޭގައި މަގުތަކުގައި އާއިލާތަކުން ބޮޑެތި މާހެފުންތައް ބާއްވައެވެ.