މާލޭ ސިޓީ

މިސްކިތްތައް މަރާމާތު ކުރަން ކައުންސިލަށް އެއްމިލިޔަން ރުފިޔާދީފި

Mar 5, 2020
1

ރޯދައަށް މާލޭގެ މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރަން އިސްލާމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ މަސައްކަތް ހަވާލުކޮށްފި އެވެ.

އެއް މިލިއަން ރުފިޔާޔާގެ މި ޕްރޮޖެކްޓް ކައުންސިލާއި ހަވާލު ކޮށްފައި ވަނީ، މާލޭގެ މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. ޕްރޮޖްކެޓްގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ، މިސްކިތު ފަންޑުން މާލެ ސިޓީ ކައުންސިލަށް ދޭ އެއް މިލިއަން ރުފިޔާ އިން މިސްކިތްތައް މަރާމާތު ކުރެވޭނެ ކަމަށާއި ރޯދައަށް މިސްކިތްތަކުގެ މަރާމާތުތައް ނިމިއްޖެނަމަ މިހާރު އޮތް ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އާއި ކައުންސިލުން ގުޅިގެން މަސައްކަތް ކުރާނަމަ، މިސްކިތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.