އަންނަ ރޯދަ މަހު މާލޭގެ ޕާކްތައް ހުޅުވާފައި ހުންނާނެ ގަޑިތައް އާންމު ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިއަދު ވަނީ ޕާކް ގަޑިތައް ހިމެނޭ ގޮތަށް އިއުލާނެއް ކޮށްފައެވެ. އޭގައި ބުނާ ގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާނީ ތަފާތު ގަޑިތަކެއްގަ އެވެ.
ޕާކްތައް ހުޅުވާފައި ހުންނާނެ ގަޑިތައް
ލޮނުޒިޔާރަތް ޕާކު: ހަވީރު 4:00 އިން 5:45 އަށް އަދި ރޭގަނޑު 9:00 ން 11:00 އަށް
ސަލްޓަން ޕާކު: ހަވީރު 4:00 ން 5:45 އށް އަދި ރޭގަނޑު 9:00 ން 11:00 އަށް
މާލޭ ސިޓީގެ އެހެން ޕާކުތަކާއި މައިޒާންތައް ރޯދަ މަހު ހުޅުވުން އޮންނާނީ މިހާރު ވެސް އެއްގޮތަށެވެ. ސިޓީ ކައުންސިލުން ގަޑިތަކެއް ނެރުނު ނަމަވެސް އެ ކައުންސިލްުގެ އިދާރާއިން އާދަވެ ގަޑިން ގަޑިއަށް ހުޅުވައި ލައްޕާ ބަލަހައްޓަނީ ހެންވޭރުގައި ހަދާފައިވާ ލޮނުޒިޔާރަތް ޕާކެވެ.