ރަސްރަނި ބަގީޗާ

ސަލްޓަން ޕާކް އަލުން ހުޅުވައިފި

Nov 21, 2020
2

ކޮވިޑާ ގުޅިގެން ބަންދު ކޮށްފައި ހުރުމަށް ފަހު މާލޭގެ ސަލްޓަން ޕާކް އަނެއްކާ ވެސް ހުޅުވައިފި އެވެ.

ބަންދުކޮށް ނުވަ މަސް ދުވަހު ބެހެއްޓުމަށްފަހު ސިޓީ ކައުންސިލުން އެ ޕާކް ހުޅުވާލާފައި ވަނީ ވަކި ގަޑިތަކެއްގައި ވަދެވޭ ގޮތަށެވެ.

އެ ކައުންސިލުގެ އިދާރާއިން ބުނީ ޕާކް އަލުން ހުޅުވާލީ ކޮވިޑާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އޭގެ އިތުރުން އެ ޕާކަށް ވަނުމަށް ބިދޭސީންގެ އަތުން ނަގަމުން އައި ފީ ވެސް ވަނީ ހުއްޓާލާފަ އެވެ.

ޕާކް އަލުން ހުޅުވާލި އިރު ޕާކަށް ވަދެވެނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށާއި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ.