މީޑިއާނެޓް

މީޑިއާނެޓުން "ރޯދަ ބަންޑަލް" ޕްރޮމޯޝަން ފަށައިފި

ރޯދަމަހަށް ހާއްސަކޮށްގެން މީޑިއާނެޓުން "ރޯދަ ބަންޑަލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މީޑިއާނެޓުން ބުނީ އެމްއެސް ކޮމްބޯ ޕެކޭޖް ދެ މަހަށް ސަބްސްކްރައިބް ކޮށްގެން އެއް މަހު ހިލޭ ބަލައިލެވޭނެ ކަމަށެވެ. އަދި ހަތަރު މަހަށް ސަބްސްކްރައިބް ކޮށްގެން ދެ މަހު ހިލޭ ބަލައިލެވޭނެ ކަމަށެވެ. އެމްއެސް ކޮންބޯ ޕެކޭޖްގައި 30 އަށްވުރެ ގިނަ ޗެނަލްގެ އިތުރުން ވީޑިއޯ އޮންޑިމާންޑްގައި ހިމެނޭ މަރިއަމް، ރޫމީއާ ޖަންނަތް ފަދަ ފިލްމްތަކާ ސީރީސްތައް ބަލައިލެވޭނެ ކަމަށްވެސް މީޑިއާނެޓުން ބުނެ އެވެ.

މަލްޓި-ސްކްރީންގެ ވީއޯޑީ ޕެކޭޖަކީ މީޑިއާނެޓްގެ ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖެކެވެ. ބޭސިކް އަދި ފެމިލީ ސަބްސްކްރައިބަރުންނަށް މި ޕެކޭޖް ދެ މަހަށް ސަބްސްކަރައިބް ކޮށްގެން އެއް މަސް ހިލޭ ލިބޭއިރު ހަތަރު މަހަށް ސަބްސްކްރައިބް ކޮށްގެން ދެ މަސް ހިލޭ ބަލައިލެވޭނެ އެވެ.

އަދި ވޯންޓް އިޓް އޯލް ކަސްޓަމަރުންނަށް މަލްޓި-ސްކްރީންގެ ވީއޯޑީ އެއް މަސް ދުވަހަށް ހިލޭ ބަލައިލެވޭނެ އެވެ. މަލްޓި-ސްކުރީން ވީއޯޑީ އަށް ސަބްސްކުރައިބް ކުރުމުން 80 އަށްވުރެ ގިނަ ޗެނަލްގެ އިތުރުން ވީޑިއޯ އޮންޑިމާންޑްގައި ހިމެނޭ ފިލްމްތަކާއި ސީރީސްތައް ވެސް ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

މި އޮފާތައް ކުރިއަށް ދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.