މީޑިއާނެޓް މަލްޓި ސްކްރީނުން އީދަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ޖުލައި 15 އިން 31 އަށް އެމްއެސް ކޮމްބޯއަށް އަލަށް ސަބްސްކްރައިބް ކުރާ ކޮންމެ ކަސްޓަމަރަކަށް އެއް މަސް ދުވަހުގެ ހިދުމަތް މުޅިން ހިލޭ ލިބިގެން ދާނެ އެވެ.
އެމްއެސް ކޮމްބޯ ޕެކޭޖުގެ ދަށުން 35+ ޗެނަލްގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ލައިބްރަރީގައި ހުރި ގިނަ އަދަދެއްގެ ވީޑިއޯ ބަލާލެވޭނެ އެވެ. ވީޑިއޯ ކޮންޓެންޓުގެ ތެރޭގައި މީޑިއާ ނެޓް އޮރިޖިނަލްސްގެ ރޫމީއާއި ޖަންނަތު، މަރްޔަމް، ލަމްސް ކިޗަން އަދި ނަފްސު ފަދަ ދިވެހި ސީރީޒްތައް ހުންނާނެ އެވެ.
މީޑިއާނެޓް މަލްޓި ސްކްރީނުގެ އެމްއެސް ކޮމްބޯ ޕެކޭޖުން ހެޔޮ އަގެއްގައި ގިނަ ޗެނަލްތަކާއި ވީޑިއޯ ބަލާލެވޭނެ އެވެ. މި ޕެކޭޖުގެ މަހު ފީ އަކީ އެންމެ 150 ރުފިޔާ އެވެ.
ފޯން، ޓެބްލެޓް އަދި ލެޕްޓޮޕް މެދުވެރިކޮށް މަލްޓިސްކުރީންގެ ޗެނަލްތަކާއި ވީޑިއޯއާއި އޮން ޑިމާންޑް ފިލްމް ތަކާ ސީރީޒްތައް ކަސްޓަމަރުންނަށް ކޮންމެ ތާކުން ކޮންމެ ވަގުތަކުވެސް ބަލައިލެވޭނެއެވެ.
އެޕަލް އެޕްސްޓޯރް، ގޫގްލް ޕްލޭސްޓޯރް އަދި ވެބްސައިޓުން ވެސް މީޑިއާނެޓް މަލްޓި ސްކްރީން ޑައުންލޯޑު ކުރެވޭނެ އެވެ. ނުވަތަ މީޑިއާނެޓް ފްރޮންޓް އޮފީސްގެ އިތުރުން އޮފިޗަލް މީޑިއާނެޓް ބިޒްނަސް ޕާޓްނާއެއް މެދުވެރިކޮށްގެން ވެސް މަލްޓި ސްކްރީނަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.