އިނާމުތަކަކާއެކު މީޑިއާނެޓުން ފަށައިފައިވާ "ރޯދަ ހަދިޔާ" ޕްރޮމޯޝަންގައި އިތުރު އަށް ނަސީބުވެރިން ހޮވާނެ ކަމަށް ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ފަށައިފައިވާ މި ޕްރޮމޯޝަން އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.
މި ޕްރޮމޯޝަނަކީ ކޮންމެ މަހަކު އައިފޯން 12 ޕްރޯ އެއް އަދި ކޮންމެ ހަފްތާއަކު 15000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭ ޕްރޮމޯޝަނެކެވެ.
މީޑިއާނެޓުން ބުނީ ފުރަތަމަ މަހުގެ ނަސީބުވެރި ފަރާތަށް ލިބުނު އިނާމާއި އަދި ވޭތުވެދިޔަ ހަތަރު ހަފްތާ ނަސީބުވެރިންނަށް ހޮވުނު ހަތަރު ބޭފުޅަކަށް ވީކްލީ ގިފްޓް ވައުޗާ މިދިޔަ ހަފްތާގެ ތެރޭގައި ހަވާލުކޮށްފައި ވާނެ ކަމަށެވެ.
މި ޕޮރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވާއިރު ގްރޭންޑް ޕްރައިޒްގެ ގޮތުގައި އެއްވަނަ ފަރާތަށް އައިފޯން 12 ޕްރޯ މެކްސްއަކާއި މެކްބުކް ޕްރޯއެއް ދެ އެވެ. ދެވަނަ އަށް އައިޕެޑް ޕްރޯއެއް އަދި ތިންވަނަ އަށް 65 އިންޗީގެ ޓީވީއެއް ހަދިޔާ ކުރެ އެވެ.
މީޑިއާނެޓުުގެ "ވޯންޓް އިޓް އޯލް" ޕެކޭޖް އެކްޓިވޭޓް ކުރުމުން ހުރިހާ އިނާމަކު ވެސް ބައިވެރިވެވޭނެ އެވެ. އަދި "ފެމިލީ ޕެކޭޖް" އަށް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ކޮންމެ ހަފްތާ އަކު އަދި ކޮންމެ މަހަކު ދޭ އިނާމުތަކުގައި ބައިވެރިވެވޭނެ އެވެ. މީޑިއާނެޓާއި އަލަށް ގުޅޭ ކަސްޓަމަރުންނާއި ރީކަނެކްޓު ކުރާ ކަސްޓަމަރުން ޕެކޭޖް އެކްޓިވޭޓް ކޮށްގެން ކޮންމެ މަހަކު ދޫކުރާ އިނާމުތަކުގައި ބައިވެރިވެވޭނެ ކަމަށްވެސް މީޑިއާނެޓުން ވަނީ މައުލޫމާތު ދީފަ އެވެ.