މީޑިއާނެޓް

މީޑިއާނެޓްގެ "ރޯދަ ހަދިޔާ" ޕްރޮމޯޝަން ފަށައިފި

Feb 17, 2021

އިނާމްތަކާއެކު މީޑިއާނެޓުން "ރޯދަ ހަދިޔާ" ގެ ނަމުގައި ޕްރޮމޯޝަން ފަށައިފި އެވެ.

ދެ މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕޮރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް ގުރޭންޑް ޕުރައިޒްގެ ނަމުގައި އިނާމެއް ދޭނެ އެވެ. އިތުރުން ކޮންމެ ހަފުތާއަކު ނަސީބުވެރި އަށް ފަރާތަކަށް އިނާމަކާއި ކޮންމެ މަހަކުވެސް ނަސީބުވެރި ދެ ފަރާތަކަށް އިނާމެއް ދޭނެ އެވެ.

ގްރޭންޑް ޕްރައިޒްގެ ގޮތުގައި އެއް ވަނަ ފަރާތަށް އައިފޯން 12 ޕްރޯ މެކްސްއަކާއި މެކްބުކް ޕްރޯއެއް ދެ އެވެ. ދެވަނައަށް އައިޕެޑް ޕްރޯއެކެވެ. ތިންވަނައަށް 65 އިންޗީގެ ޓީވީއެކެވެ.

ކޮންމެ ހަފްތާއަކު ދޭން ނިންމާފައި ވަނީ 15000 ރުފިޔާގެ ގިފްޓް ވައުޗަރެކެވެ. އަދި ކޮންމެ މަހަކު ދޭން ނިންމާފައި ވަނީ އައިފޯން 12 ޕްރޯ އެކެވެ.

މީޑިއާނެޓުުގެ "ވޯންޓް އިޓް އޯލް" ޕެކޭޖް އެކްޓިވޭޓް ކުރުމުން ހުރިހާ އިނާމް އަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި "ފެމިލީ ޕެކޭޖް" އަށް އެކްޓިވޭޓް ކުރާ ކަސްޓަމަރުން ވީކްލީ އަދި މަންތުލީ ޕުރައިޒްގައި ބައިވެރިވެވޭނެ އެވެ. މީޑިއާނެޓާއި އަލަށް ގުޅޭ ކަސްޓަމަރުންނާއި ރިކަނެކްޓު ކުރާ ކަސްޓަމަރުން ޕެކޭޖް އެކްޓިވޭޓް ކޮށްގެން މަންތުލީ ޕުރައިޒްގައި ބައިވެރިވެވޭނެއެވެ.