ފާތުމަތު ދީމާ

ދުނިޔޭގެ ޓީޓީ ރޭންކިންގެ އަށްވަނަ ދީމާއަށް

Apr 16, 2021

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ އަށް ވަނާގައި ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ރޭންކު ކޮށްފި އެވެ.

އުމުރުން 13 އަހަރުގެ ދީމާ ރޭންކު ކޮށްފައި ވަނީ ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބަައިގަ އެވެ. ދީމާ އަށް ވަނާގައި ރޭންކު ކޮށްފައި ވަނީ 1028 ޕޮއިންޓާއެކުގަ އެވެ. ރޭންކިންގައި ގަދަ 10 އެއްގައި ހިމެނެނީ ދެކުނު އޭޝިޔާގެ ގައުމުތަކަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އެއީ ދިމާގެ އިތުރުން އިންޑިއާގެ ކުޅުންތެރިއެކެވެ. އިންޑިއާގެ ސުހާނާ އޮތީ ދީމާއަށް އެއް ރޭންކު ކުރީގައި ހަތްވަނައިގައެވެ.

ދީމާގެ ކާމިޔާބަށް ކުޅިވަރާބެހޭ ވަޒީރު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތިން ރަން މެޑަލް ރާއްޖެއަށް ހޯދައިދީ ދީމާ ރާއްޖޭގެ ތާރިހުން ހާއްސަ މަގާމެއް ހޯދާފަ އެވެ. ޓީޓީގެ ގައުމީ މުބާރާތުގެ ސިންގަލްސް ކެޓަގަރީގެ މިދިޔަ އަހަރުގެ ޗެންޕިއަނަކީ ވެސް ދީމާއެވެ. މިއީ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދި ދެ ވަނަ އަހަރެވެ.