މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިންޑިއާގެ އެހީގައި ހެދި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓްތައް ހުޅުވައިފި

އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް މަޝްރޫއު އިފްތިތާހު ކުރާ ރަސްމިއްރާތުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.
0%
0%
0%

އިންޑިއާގެ އެހީގައި ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލާއި ޏ. ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކޮށްފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ވާޗުއަލްކޮށް ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެ ދެރަށް ތަމްސީލް ކުރާ މަޖިލިސް މެމްބަރުންގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއުގެ ދަށުން އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓު ޔުނިޓްތައް ގާއިމުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެ ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތައް ހިންގައި އަދި އެ ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލްތައް ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން އެ ޔުނިޓުތައް ފަރުމާކޮށްފައި ހުރީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ މާހައުލެއް ލިބޭ ގޮތަށެވެ.

މި މަޝްރޫއު އަކީ ހިލޭ އެހީގެ ގޮތުގައި 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން 106 މިލިއަން ރުފިޔާގެ އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910