ހަބަރު

މާލޭގެ ބޮޑެތި މަގުތައް މަރާމާތު ކުރަން ފަށައިފި

މާލޭ ބޮޑެތި މަގުތަށް މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. މިއީ މާލޭގެ މަގުތަކުގައި ގާ އެޅުމުގެ ބޮޑު މަޝްރޫއަށްފަހު މަގުތައް އަލުން މަރާމާތު ކުރުމުގެ މަޝްރޫއެއް ފެށި ފުރަތަމަ ފަހަރެވެ.

އެމިނިސްޓްރީ އިން މިއަދު ވަނީ މާލޭ އެކި ހިސާބުން ބޮޑެތި މަގުތަކުގައި ގާތައް ނަގައި އަލުން މަރާމާތު ކުރަން ފަށައިފަ އެވެ. އެގޮތުން އަލިކަލޭގެފާނު މަގާއި މަޖީދީމަގު އަދި ބޮޑުތަކުރުފާނު މަގުގައި މަރާމާތުތަށް ކުރަން ވަނީ ފަށާފަ އެވެ.

މާލޭގެ ބޮޑެތި މަގުގެ ތަކުގެ ތެރޭގައި އެ މަގުތަކުގެ އިތުރުން އޯކިޑް މަގާއި ފަރީދީ މަގާއި ޗާންދަނީ މަގާއި އަމީނީ މަގާއި އަމީރު އަހުމަދު މަގުފަދަ މަގުތައް ހިމެނެ އެވެ.

މާލެ ހިއްފަސޭގަ ތަނަކަށް ހެދުމުގެ ގޮތުން އެތަށް މަޝްރޫއުތަކެއް ފަށާފަ އެވެ އެވެ. އެގޮތުން މާލޭގައި ފެންބޮޑު ނުވާ ގޮތަށް ހެދުމާއި މަގުތަށް އެއްވަރު ކުރުމުގެ މަސައްކަތްވެސް އެމިނިސްޓްރީ އިން ދަނީ ކުރަމުންނެވެ. އަދި އަންނަ އަހަރު ބައެއް މަގުތަކުގައި ތާރަ އަޅައި ޕާކުކުރުމުގެ ނިޒާމްތަށް މާލޭގައި ގާއިމް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.