ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާފުއްޓާއި ގުޅި މޮނިޓަރިންއަށް

ކ. ގުޅި އާއި މާފުށި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސް އެ ދެ ރަށަށް އަރާ ފޭބުން މަނާކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ޕޮޒިޓިވް ކޭސްއަކާއި ގުޅިގެން ގުޅި އާއި މާފުއްޓަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން އެ ދެ ރަށް ހުޅުވާލާނެ ކަމަށެވެ. ގުޅިން ޕޮޒިޓިވްވީ މާބަނޑު މީހެކެވެ. މާފުށިން ޕޮޒިޓިވްވީ ރޯގާގެ އަސަރު ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށްދާތީ މިވަގުތު 17 ރަށެއް އޮތީ މޮނިޓަރިންގައެވެ.

މިވަގުތު މޮނިޓަރިންގައިވާ ރަށްތައް

  • ކ. ހުރާ،
  • ކ. ދިއްފުށި،
  • ޅ. ނައިފަރު،
  • ޅ. ހިންނަވަރު،
  • ޅ. ފެލިވަރު،
  • އދ. މާމިގިލި،
  • ތ. ވިލުފުށި،
  • ތ. ވޭމަންޑޫ،
  • ތ. ކިނބިދޫ،
  • ތ. އޮމަދޫ،
  • ތ. ގާދިއްފުށި،
  • ތ. މަޑިފުށި،
  • ބ. މާޅޮސް،
  • ބ. އޭދަފުށި،
  • ކ. ގުޅި،
  • ކ. މާފުށި،

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،735 މީހުންނެވެ. މިހާތަނަށް 23،691 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 68 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 62 ދިވެހިންނާއި 8 ބިދޭސީއެކެވެ. ރޭވެސް މީހަކު މަރުވެފައިވެއެވެ.