ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާފުށި

މާފުށީގައި ޒަރޫރީ ބޭނުންތަކަށް ނޫނީ ނުކުމެ ނޫޅެން އަންގައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކ. މާފުށީގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

މާފުށީ ކައުންސިލުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އެކްސްކާސަންސް އަދި ވޯޓާ ސްޕޯޓްސް ދަތުރުތައް ހުއްޓާލުމާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާތައް ޓޭކްއަވޭ ހިދުމަތަށް ބަދަލު ކުރުމާއި ފިހާރަތައް ޑެލިވަރީގެ ހިދުމަތް ދޭގޮތަށް ބަދަލުކުރުމެވެ. އަދި މަސްދަތުރު ތައް ދިއުން ހުއްޓާލުމާއި ފިނި މައިޒާންތައް ބަންދު ކުރުންވެސް ވަނީ ނިންމާފައެވެ.

އަދި ވަޒީފާތަކާއި އެކިއެކި ހިދުމަތްތައް ނިކުންނަ މީހުން ފިޔަވައި އެހެން މީހުން ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އަންގާފައިވެއެވެ. މީގެ އިތުރުން މިސްކިތަށްދާނަމަ ގެއިން ވުލޫކޮށްގެން ދިއުމާއި އަމިއްލަ މުސައްލައެއް ގެންދިއުމަށްވެސް އަންގާފައިވެއެވެ.

މާފުށިން 148 މީހަކަށް ބަލި ޖެހިފައިވާއިރު ނަތީޖާ ނުލިބޭ 200 ވުރެ ގިނަ ސާމްޕަލް ވެއްޖެ އެވެ. މާފުށީގެ ހާލަތު ގޯސްވެ ދަރުމަވެރިންގެ އެހީތެރިކަމަށްވެސް އެ ރަށު ސިއްހީ މަރުކަޒުން ވަނީ އެދިފައެވެ.