ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދޫނިދޫ

ދޫނިދޫ އިން 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ކ. ދޫނިދޫ އިން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފުލުހުންގެ ބަންދުގައި މީހުން ބައިތިއްބުމަށް ހާއްސަ ދޫނިދޫއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އިއްޔެ އެވެ. މިއަދު ފެނުނު 14 ކޭސްއާއެކު ދޫނިދޫގެ ޕޮޒިޓިވް ނަންބަރު ވަނީ 15 އަށް އަރާފައެވެ.

ހެލްތް މިނިސްޓްރީން ބުނީ ދޫނިދޫއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މިވަގުތުވެސް ކޮވިޑްގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ.

ކޮވިޑް ކޭސްތައް ހުރި ރަށްތައް

  • އއ. މަތިވެރި - 10 އެކްޓިވް ކޭސް
  • އދ. މާމިގިލި - ފަސް އެކްޓިވް ކޭސް
  • ކ. ދޫނިދޫ - 15 އެކްޓިވް ކޭސް
  • ކ. މާފުށި - 11 އެކްޓިވް ކޭސް
  • ކ. ހިންމަފުށި - ފަސް އެކްޓިވް ކޭސް
  • ތ. ވޭމަންޑޫ - 10 އެކްޓިވް ކޭސް
  • ތ. ކިނބިދޫ - ހަތަރު އެކްޓިވް ކޭސް