މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގޯނާގެ ތުހުމަތަށް ބިދޭސީއަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ޖިންސީ ގޯނާގެ މި މައްސަލައިގައި ފުލުހަށް ހާޒިރު ވާން އިއުލާނު ކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 34 އަހަރުގެ އެމްޑީ އިދްރީސް އެވެ. އޭނާގެ މައުލޫމާތު ފުލުހުން އާންމު ކޮށްފައި ވަނީ އޭނާ އުޅޭ ތަނެއް ނޭނގޭތީ ފުލުހަށް ހާޒިރުވާން ފޮނުވާ ޗިޓް ރައްދު ނުކުރެވިގެނެވެ.

ފުލުހުން އެދެނީ އެ މީހާ މިމަހުގެ 29 ވަނަ ދުވަހުގެ 10:00 ޖަހާއިރަށް ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރު ވާށެވެ. ނޫނީ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ދާށެވެ.