ދިރާގު

ދިރާގު ނައު އެޕްގައި މުހިންމު ފީޗާތަކެއް

ދިރާގުގެ ލައިފްސްޓައިލް މޯބައިލް އެޕް "ނައުއެމްވީ" ގައި ރޯދައަށް ހާއްސަ ފީޗާތަކެއް ތައާރަފު ކޮށްފި އެވެ.

މި އެޕަށް ދީނީ ކަންކަމުގެ ފީޗާތަކެއް އިތުރުކޮށް، ގުރުއާނާއި ތަރުޖަމާ ހިމަނާފައި ވާއިރު ސްލާމިކް މިނިސްޓްރީން ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މައުލޫމާތުތައް އެޕުން ބަލައިލެވެ އެވެ.

އެ ދުވަހެއްގެ މައުލޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސް ދެއްވާ ބޭފުޅުންގެ ނަން ހިމެނެ އެވެ. އަދި ނައު އެޕްގެ ވީޑިއޯ ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައް ހުރެއެވެ.

އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ވެސް ދެއްކެ އެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ އެންޖީއޯ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ވެސް މި އެޕްގައި ތައާރަފް ކޮށްފައި ވެ އެވެ. މި އެޕްގެ "ޑޮނޭޝަންސް" ބައިން އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލައިލެވެ އެވެ.

މީގެ އިތުރުން މާދު ގަޑިތައް ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗާތައް ހިމެނޭ އިރު ކާއެއްޗެހީގެ ރެސިޕީ ތަކާއި އެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ މެނޫތައް ވެސް ހުރެ އެވެ.