ލޯކަލް ޓޫރިޒަމް ފުޅާކޮށްފަައި އޮތް ކ. މާފުށިން 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޮވިޑް ކޭސްތަކެއް ފެނިގެން މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވަނީ ބުދަ ދުވަހު އެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވީ ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ. އޭގެ ފަހުން އިއްޔެ ކުރި ޓެސްޓްތަކުން އިތުރު 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިއަދު ވަނީ 31 މީހަކު ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން މިރޭ ބުނީ މާފުށީގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.