އަހުމަދު ނަސީމް

ހެލްތު މިނިސްޓަރު ނަސީމު މ. އަތޮޅަށް

Apr 24, 2021
1

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ރަސްމީ ދަތުރުފުޅެއްގައި މިއަދު މ. އަތޮޅަށް ވަޑައިގެންފި އެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި އަރިހުގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިނިސްޓަރުގެ މިދަތުރުފުޅުގައި މ. އަތޮޅުގެ ބައެއް ރަށްތަކުގެ ސިއްހީ މަރުކަޒުތަކާއި އަދި ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާނެ ކަމަށެވެ.

މީގެއިތުރުން މިހާރު ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ކުރެވެމުންދާ އުމްރާނީ މަސައްކަތްތަކާއި އަދި މުވައްޒަފުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވައި، ދާއިރާގެ މައުލޫމާތު ހޯއްދަވާނެ ކަމަށެވެ.

މިނިސްޓަރު ނަސީމުގެ މިދަތުރުފުޅުގައި ދިއްގަރު، މަޑުއްވަރި، މުލައް، މުލި އަދި ނާލާފުށްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.