ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

123 މީހަކު ހޮސްޕިޓަލްގައި، ފަސް މީހަކު އައިސީޔޫގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 123 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ

މިއީ މި ފަހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ދުވަހެވެ.

ހެލްތް މިނިސްޓްރީން ބުނީ ދަރުވަމަންތަ ހޮސްޕިޓަލްގައި މި ވަގުތު ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 115 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މި މަހުގެ 20 ވަނަ ދުވަހު މެޑިކަލް ފެސިލިޓީގައި އޮތީ 57 މީހެކެވެ. ނަމަވެސް ފަސް ދުވަސްތެރޭ އެ އަދަދު ވަނީ 115 އަށް އަރާފައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަަދަދު މި ތިން ދުވަހު ހުރީ ވަރަށް މަތީގައެވެ. ހުކުރު ދުވަހުގެ ޕޮޒިޓިވް ނަންބަރު ހުރީ 300 އިން މަތީގައެވެ. އިއްޔެވެސް 200 ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. މިއަދުވެސް 253 މީހަކު ޕޮޒިޓިވްވިއެވެ.

ރާއްޖޭގެ ޕޮޒިޓިވް ނަންބަރު 27،846 އަރާފައިވާއިރު މިހާތަނަށް އެ ބަލީގައި 71 މީހަކު ވަނީ މަރުވެފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،485 މީހުންނެވެ. މިހާތަނަށް 24،309 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.