އެޑްވަޓޯރިއަލް

ސަފާރީއެއްގައި ރޯދަ ވިއްލަން ރަނގަޅު ފުރުސަތެއް

Apr 26, 2021

ހިތްގައިމު މާހައުލެއްގައި ރޯދަ ވީއްލަން ބޭނުން ވެއެވެ. އެފަދަ ފުރުސަތުތަކަށް އެދި އެދި ތިބި ކިތަންމެ ބަޔަކު އެބަތިއްބެވެ. އެކި ވިޔަފާރިތަކުން ވަނީ ރޯދަ ވީއްލަން ހާއްސަ ޕެކޭޖްތައް ހަދާފަ އެވެ. ރަނގަޅު ޕެކޭޖްތައް ބަލާ އެ ފުރުސަތުތަކުގެ ބޭނުން ހިފާ މީހުން ބައިވަރެވެ. މިފަހަރު މި އޮތީ މި ރޯދަ މަހު ރޯދަ ވީއްލަން ލިބޭނެ އެންމެ ހިތްގައިމު ފުރުސަތު ތަނަވަސް ވެފައެވެ. މިއީ ހިތްގައިމު އަރާމް މާހައުލެއްގައި ރޯދަ ވީއްލަން ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯ އިން ވަނީ ސަފާރީއެއްގައި ތިބެ ރޯދަ ވީއްލުމުގެ ފުރުސަތު ލިބޭނެ ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފަ އެވެ. އަގުވެސް ވަރަށް ރަނގަޅެވެ. މި ޕެކޭޖްގެ ދަށުން ބޮލަކަށް ނަގާނީ 550 ރުފިޔާ އެވެ. މި ޕެކޭޖްގައި ވަރަށް ހާއްސަ މެނޫއެއް ހިމެނިފައިވެއެވެ.

ރޯދަ ވީއްލުމުގެ ޕެކޭޖް އާއިލާތަކާއި ގުރޫޕްތަކަށްވެސް ނެގިދާނެ އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ އައިޓަމްތައް މެނޫގައި ހިމެނިފައިވާނެ އެވެ.

ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްއިން ބުނީ ސަފާރީގައި ރޯދަ ވީއްލަން ބޭނުންވާ މީހުން 7651313 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށެވެ. ޕެކޭޖް ނަގަން ދުރާލާ ބުކްކުރަން ވާނެ އެވެ. ނަމަވެސް 24 ގަޑިއިރު ކުރީންވެސް ޕެކޭޖް ނެގުމުގެ ފުރުސަތު ޖާގަ އޮތް ނަމަ ލިބޭނެ އެވެ.

ވަރަށް ޖާގަ ތަނަވަސް ސަފާރީގައި ރޯދަ ވީއްލަން ޕެކޭޖް ނަގާ މީހުންނަށް ސަފާރީގައި ހަތަރު ގަޑިއިރު ހޭދަ ކުރެވޭނެ އެވެ. އެ ވަގުތުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމާއި އެ ނޫން ބޭނުންވާ އެކި ކަންކަން ފަހިކޮށް ދެވޭނެ އެވެ.

ސަފާރީއަށް ދިއުމުގެ ދަތުރު އޮންނާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ. ރޭގަނޑު އަށެއް ޖަހަންދެން ކެއުމާއި މަޖާ ކުރުމުގެ މާހައުލެެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. އެހެން ކަމުން މިއީ މި ރޯދަ މަހު ރޯދަ ވީއްލަން ލިބޭ އެންމެ ތަނަވަސް ފުރުސަތަށްވާނެ އެވެ. އަވަހަށް ޕެކޭޖް ނަންގަވާށެވެ.