ވިޔަފާރި

ރޯދަ މަހުގެ ކޮންމެ ދުވަހަކު އޮކްސިޖަން ރަނގަޅު

May 14, 2019

ރޯދަ މެނޫ ކަމުދަނީ ކޮން ރަހަ އެއް ހުރީމަ ހެއްޔެވެ؟ ދިވެހި ރަހަ ހެއްޔެވެ؟ ތައި ހެއްޔެވެ؟ ނޫނީ އިންޑިއަން ފުޑު ހެއްޔެވެ؟ މި ހުރިހާ ރަހައެއް ވެސް މި އަހަރު އޮކްސިޖަން ރޯދަ މެނޫގައި ވަނީ ހިމަނާފަ އެވެ. މި އަހަރު އޮކްސިޖަން ރޯދަ މެނޫ ކޮންމެ ދުވަހަކު ވެސް ވަރަށް ހާއްސަވާނެ އެވެ. މި އަހަރުގެ ރޯދަ މަހު އޮކްސިޖަން ރޯދައިގެ ކޮންމެ ދުވަހަށް ހާއްސަވާނެ އެވެ.

"ކޮންމެ ދުވަހަކު ބަދަލެއް ފެންނާނެ. އަޅުގަނޑުމެންގެ ރޯދަ މެނޫ މިއަހަރު ވެސް ހަދާފައި މިވަނީ ހުރިހާ އުމުރު ފުރާތަކެއްގެ މީހުންނަށް ހާއްސަވާ ގޮތަށް،" އޮކްސިޖަން އިން ވާހަކަ ދެއްކި ސީނިއަ އޮފިޝަލަކު ވިދާޅުވި އެވެ.

ރޯދަ މަހަށް ހާއްސަކޮށް އޮކްސިޖަން ރެސްޓޯރެންޓުން ވިއްކާ މެނޫގެ އަގަކީ 220ރ. އެވެ. މި އަގަކީ މެނޫގައި ހުރި ވެރައިޓީތަކާ ބަލާއިރު އެކަށީގެންވާ އަގެއް ކަމަށް ބުނެވިދާނެ އެވެ.ސަބަބަކީ މި މެނޫގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު ގިނަ ބާވަތްތަކެއް ހުރުމެވެ. މި މެނޫގައި ހިމެނޭ އެއް ބާވަތަކީ ލަޒާނިއާއެވެ. ހާއްސަކޮށް ޒުވާނުންނަށް އާއްމުކޮށް ގިނަ ބަޔަކަށް މީރު މި އިޓާލިއަން ކެއުން ވެސް އޮކްސިޖަން މެނޫގައި ހިމެނޭނެ އެވެ.

އަގު ބޮޑު ނުކޮށް، ފްރައިޑޭ ސްޕެޝަލް

ހުކުރު ދުވަހަކީ ހާއްސަ ދުވަހެވެ. ހާއްސަކޮށް އާއިލީ ގުޅުން ބަދަހިކޮށް އާއިލާ އެއްކޮށް އުޅޭ ދުވަހެވެ. އެހެންވެ މި އަހަރު ރޯދަ މަހު އޮކްސިޖަން މެނޫގައި ޕްރައިޑޭ ސްޕެޝަލް އެވެ. އަގަށް ބޮޑު ނުކޮށް، ހުކުރު ދުވަހު ފެރައިޓީ ގިނަވާނެ އެވެ. ހާއްސަކޮށް ފޮނި އެއްޗިހީގެ ބާވަތްތަކުގެ ލިސްޓު ދިގުކޮށްލުމަކީ މި ދުވަސް ހާއްސަވާ ސަބަބެވެ.

މި ރޯދަ މަހު އޮކްސިޖަންގެ އިތުރުން އޮކްސިޖަން ބްލޫ އާއި ބިރިޔާނީ ރޯޔަލް އިންވެސް ވަނީ ހާއްސަ މެނޫ ތަކެއް ނެރެފަ އެވެ. މިގޮތުން ބިރިޔާނީ ރޯޔަލް ހާއްސަ ވަނީ ބިރިޔާނީ ގެ ހާއްސަ ރަހަތަކަށެވެ. ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ބިރިޔާނީ ރޯޔަލްގައި ތަފާތު ބިރިޔާނީގެ އާ ރަހައެއް ލިބެން ހުންނާނެ އެވެ.