ހަތިޔާރާއެކު ސިފައިންނާއި ފުުލުހުން މާވެޔޮ މަގުގައި ހުންނަ ގެއަކަށް ވަދެ ބަލައި ފާސް ކޮށްފި އެވެ.
މާވެޔޮ މަގުން ވަދެފައި ވަނީ މއ. ތޯތާގެއަށެވެ. އެގެ ފާސް ކުރުމާ ބެހޭ ގޮތުން ވެސް ފުުލުހުން އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ ގެ ބަލައި ފާސް ކުރަނީ އެގޭގެ ތެރޭގއި ހަތިޔާރެއް އޮތް ކަމަށް ތުހުމަތު ކުރެވިގެނެވެ. އަދި އެގެ އަކީ އެމްޕީއެލްގެ އިސް ވެރިޔަކު އުޅުއްވާ ގެ ކަމަށް ވެއެވެ.
މިގެއަށް ފުލުހުންނާއި ސިފައިން ވަދެފައިވާއިރު މިރޭ ހެންވޭރުގެ ގެއެއް ވަނީ ފާސްކޮށްފައެވެ. އަދި ހުޅުމާލޭގެ ތަނެއް ވެސް ވަނީ ފާސްކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވިޔަސް މިތަންތަނަށް ވަދެފައި ވަނީ ކޯޓް އަމުރު ހޯދައިގެނެވެ.