ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 63 ރަށެއްގައި 1261 ކޭސް

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު މިއަދުގެ ނިޔަލަށް އަތޮޅުތެރޭގެ 63 ރަށެއްގައި ބަލި ޖެހިފައިވާ 1262 މީހަކު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިއަދު އެކަނިވެސް 464 މީހަކަށް ބަލި ޖެހުނެވެ. އަދި ކޮވިޑް ޖެހިގެން ދެ މީހަކު މަރުވިއެވެ. އެއީ ދިވެހި އަންހެނަކާއި އިންޑިއާގެ ފިރިހެނެކެވެ.

އަތޮޅުތެރޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު 100 އިން މަތީގައި ކޮވިޑް ކޭސްތައް ހުރި ރަށްތަކުގެ އަދަދަކީ ހަ އެކެވެ. އެއީ ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ތ. ވޭމަންޑޫ އާއި ލ. މާންދޫއެވެ.

ބ. އޭދަފުށިން 121 މީހަކަށް ބަލި ޖެހިފައިވާއިރު ޅ. ނައިފަރުގައި 130 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. ކ. މާފުށީގައި 209 މީހަކަށް ބަލި ޖެހިފައިވެއެވެ. މަތިވެރީގައި 171 މީހަކަށް ބަލި ޖެހިފައިވާއިރު ވޭމަންޑޫގައި 145 މީހަކަށް ބަލިޖެހިފައިވެއެވެ. އަދި މާންދޫގައި 126 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތައް

  • ކ. މާފުށި - 209 ކޭސް
  • އއ. މަތިވެރި - 171 ކޭސް
  • ތ. ވޭމަންޑޫ - 145 ކޭސް
  • ޅ. ނައިފަރު - 130 ކޭސް
  • ލ. މާންދޫ - 126 ކޭސް
  • ބ. އޭދަފުށި - 121 ކޭސް
  • ކ. ހިންމަފުށި - 49 ކޭސް
  • ތ. ކިނބިދޫ - 37 ކޭސް
  • ކ. ގުޅި - 31 ކޭސް
  • އދ. މާމިގިލި - 25 ކޭސް
  • ލ. ގަން - 16 ކޭސް

އަތޮޅުތެރޭގެ ރަށްތަކުން މިއަދު އެކަނިވެސް 225 ކޭސް ފެނިފައިވެއެވެ. އެއީ 97 ދިވެހިންނާއި 128 ބިދޭސީންނެވެ.