މުހައްމަދު މަބްރޫކް އަޒީޒް

ރޯދަމަހު ތަރުޖަމާނުގެ ޕްރެސް ރޭގަނޑަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލްވުންތައް ރޭގަނޑު ބޭއްވުމަށް ނިންމައިފި އެވެ. މި ނިންމުމަކީ ރޯދަ މަހަށް ހާއްސަ ނިންމުމެކެވެ.

ސަަރުކާރުގެ އެކި މައުލޫމާތު ނޫސްވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިލްސިލާ ނޫސްވެރިންގެ ބައްދަލްވުންތަކެއް ރައީސް އޮފީހުން ބާއްވަން ވަނީ ފަށާފައެވެ.

ރައީސް އޮފީހުން ބުނީ މި ރޯދަ މަހު ތަރުޖަމާން މަބުރޫކް އަޒީޒުގެ ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑުގެ ވަގުތުގައި ކަަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ ރޭ 10 ޖަހާއިރު ނޫސްވެރިންގެ ބައްދަލްވުމެއް އޮންނާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް މަބުރޫކް އައްޔަން ކުރެއްވީ ޖެނުއަރީ 1، 2021 ގައެވެ. މަބުރޫކަކީ ނޫސްވެރިންނާއި ގުޅުން ބާއްވަވާ ބޭފެޅެއް ކަމުން އޭނާ އެ މަގާމަށް ވަޑައިގެންފަހުން އެކި ކަންކަމުގައި ސަރުކާރުން ދެކޭ ގޮތާއި ސަރުކާރުގެ ވިސްނުން އާންމުންނާއި ހަމައަށް ގެނެސްދިނުމުގައި ނޫސްވެރިންނަށް ވަރަށް ބޮޑަށް ފަސޭހައެވެ.